އަދަބީ ބަސްތަކުގެ ތެރެއިން އަޑުގަދަ މީހާ ރުއް ގިނަވާނޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ އަދުގެ ހާލަތާވެސް ވަރަށް ގުޅުންހުރި ބަހެކެވެ.
މިބަސް އުފެދުނު ކަމަށް ލަފާކުރެވެނީ ރުއްތަކެއްގެ މިލްކުވެރިކަމާމެދު ބަޔަކުވީ އަރާރުމެއްގެ ތެރެއިންނެވެ. އެ އަރާރުމުގައި ގިނައިން ރުއް ލިބުނުކަމަށްވަނީ އެންމެ އަޑުހަރުކޮށް އެއީ ހައްތާވެސް މަގޭ ރުކޭ ބުނެ އަރާރުންވި މީހާއަށެވެ.
މިބަހުގެ ހަގީގީ މާނައަށް ބަލައިލާނަމަ މި ބަސް ބުނެ އުޅެނީ ކަންކަމާމެދު އަޑުހަރުކޮށް ވާހަކަދައްކާ މީހާ ބުނާގޮތަށް ގިނަފަހަރަށް ކަންތައްވެ ނިމޭކަން ބަޔާން ކުރާ ހާލަތްތަކުގައެވެ. އެމީހާގެ ހަރުކަށި ކަމާއި އެ ގަދަ އަޑުގެ ކުރިމަތީގައި އެހެންމީހުން ބަސްކިޔުމާއި ހިޔާލުދިނުމަށް ފަސްޖެހެވެއެވެ. މިއީ މިއަދުގެ މުޖުތަމައުގައި އާންމުކޮށް ހިނގާ ކަންކަމެވެ. ނަމަވެސް މިފަދަ ހާލަތަކާއި ދިމާކޮށް މި ފަށުއި ބަސް ބޭނުން ކޮށް އުޅޭލެއް ވަރަށް މަދެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން