ދޭތެރެ ދޭތެރެއިން ބޯ ހިރުވާ ބިހިނަގާތީ ލަދުގަންނަނީ ހެއްޔެވެ؟ އެއީ މޫނުގައި ނަގާ އޮށާޅަ ބުރަކަށީގެ އޮށާޅާއާއި އެއްގޮތަށް ބޮލުގައި އޮށާޅަނެގުމަކީ ގިނަ ފަހަރަށް ފާހަގަ ނުކުރެވޭ ހާލަތަކަށް ވެދާނެ އެވެ.

“ބޮލުގެ އިސްތަށިގަނޑުގެ އޮށާޅައަކީ  ބޮލުގެ ހެއަރ ފޮލިކިއުލައިޓިސްގެ ނަމުން ވެސް ނަންދެވިފައިވާ އޮށާޅަފަދަ ހަމުގެ އާންމު ހާލަތެކެވެ. ހަމާއި މޫނާއި ހަށިގަނޑުގެ އޮށާޅަ ނުވަތަ ބިހި ފަދައިން ބޮލުގެ ތެރޭނަގާ ބިހީގެ ސަބަބުން ވެސް ހާސްކަމާއި ނުތަނަވަސް ކަމެއް ކަމަށް ވެދާނެ،” ކޮންސަލްޓަންޓް ޑަރމަޓޮލޮޖިސްޓް ޑރ މަނާސީ ޝިރޮލިކާރު އަދި ޑްރަމަނާސިސްކިން ޑޮޓްކޮމްގެ ފައުންޑަރ ވިދާޅުވި އެވެ.

މިއީ މޫސުން ހޫނުވުމުގެ ސަބަބުން ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. "ހޫނުމިން މަތިވުމުން ބޮލުގެ އިސްތަށިގަނޑުގައި ބެކްޓީރިއާ އުފެދުމަށް ރަނގަޅު މާހައުލެއް އުފެދި، ބޮލުގައި ބިހި ފެތުރުމުގެ ފުރުސަތު ބޮޑު،" މުމްބާއީގެ ކަޔާ ކްލިނިކްގެ ކޮންސަލްޓަންޓް ހަމުގެ ޑޮކްޓަރު ޑރ ޝިބާނީ ބާޓިއާ ވިދާޅުވެ އެވެ.

މި ހާލަތާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން ތަޖުރިބާކާރުން ޑިކޯޑް ކުރަނީ ބޮލުގެ އިސްތަށިގަނޑުގެ ބިއްސާއި ކުރިމަތިލާނެ ގޮތެވެ. މިއީ ބޮލުގައި އުފެދޭ ބިހީގެ ތަފާތު ވައްތަރުތަކެވެ.

- ޕެޕިއުލްސް އަދި ޕުސްޓޫލްސް: މިއީ މޫނުގައި ނަގާ ބިއްސާއި އެއްގޮތަށް ބޮލުގެ އިސްތަށިގަނޑުގައި ހުންނަ ކުދިކުދި، އުފުލިފައިވާ ބިހިތަކެކެވެ.

- ސްކެލްޕް އެބްސެސަސް: ޕެޕިއުލްސް އާއި ޕުސްޓޫލްސް އަށް ވުރެ ފުން އަދި ތަދުވާ މިބިހިތަކަކީ ގިނަ ފަހަރަށް ދޮސްއުފެދިފައިވާ ބިއްސެވެ.

- ސްކެޕް  ފޮލިކިއުލައިޓިސް: ރަތްވުމާއި ގަދަޔަށް ހިރުވާ މި ބާވަތުގެބިއްސަކީ ބައެއް ފަހަރު އިސްތަށިފޭބުން މެދުވެރިވާ   ކަމެކެވެ.

 

މިހާލަތަށް ރައްކާތެރިވެ ފަރުވާ ދިނުމުގައި ސަމާލުވާންވީ ކަންކަން 

ބޭސް އެކުލެވޭ ޝޭމްޕޫ: ތެޔޮ އުފެއްދުން ކޮންޓްރޯލްކޮށް، ފަންގަސް އަދި ބެކްޓީރިއަލް އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ ސެލިސިލިކް އެސިޑް، ކެޓޯކޮނަޒޯލް ނުވަތަ ސެލެނިއަމް ސަލްފައިޑް ފަދަ މާއްދާތައް ހިމެނޭ ޝޭމްޕޫ ބޭނުންކުރުން

މަޑުމަޑުން ބޯދޮވުން: އިސްތަށިގަނޑު ދޮންނައިރު ބޮލުގެ އިސްތަށިގަނޑު ވަރުގަދައަށް ސްކްރަބް ކުރުމުން ދުރުހެލިވާށެވެ. އޭގެ ބަދަލުގައި މަޑުމަޑުން ބޮލުގެ އިސްތަށިގަނޑަށް މަސާޖު ކުރާށެވެ.

ޕްރޮޑަކްޓްތައް ޗެކްކުރުން: މިހާރު ބޭނުންކުރަމުންދާ ތެޔޮ،ޝޭމްޕޫ ނުވަތަ ކޮންޑިޝަނަރ އަކީ ބޮލުގެ އިސްތަށިގަނޑު ފޮލިކިއުލައިޓިސް އަށް މަގުފަހިވެދާނެ އުފެއްދުމެއްތޯ ބެލުން

ޑޮކްޓަރުގެ ލަފާގެ މަތިން ދޭ ބޭސްތައް: ސީރިއަސް ހާލަތްތަކުގައި ޑަރމަޓްސް އިން ޓޮޕިކަލް ނުވަތަ އޯރަލް އެންޓިބަޔޮޓިކްސް، އެންޓިފަންގަލް ބޭސް ނުވަތަ ކޮރޓިކޯސްޓިރޯއިޑްސް ބޭނުންކުރުން

 

މިހާލަތު މެދުވެރިވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

މާގިނައިން ތެޔޮ އުފެއްދުން: ސީބަމް (ހަމުގެ ތެޔޮ) މާގިނައިން އުފެއްދުމަކީ އިސްތަށިގަނޑުގެ ފޮލިކަލްތައް ތަތްވެ، ބިހި އުފެދުމަށް މަގުފަހިވާ ކަމެކެވެ.

ހަމުގެ މަރުވެފައިވާ ސެލްތައް: ހަމުގެ މަރުވެފައިވާ ސެލްތައް ތެލާއި އެއްވުމުން އިސްތަށިގަނޑުގެ ފޮލިކަލްތައް ބްލޮކްކޮށް ބިހި އިތުރުކޮށްދެއެވެ.

ބެކްޓީރިއަލް އިންފެކްޝަން: ބެކްޓީރިއާ، ޚާއްޞަކޮށް ޕްރޮޕިއޮނިބެކްޓީރިއަމް އެކްނެސް (P acnes) އަދި ސްޓެފިލޮކޮކަސް އޯރިއަސް އިން އިސްތަށިގަނޑުގެ ފޮލިކަލްތަކަށް އިންފެކްޓްވެ ބޮލުތެރެ ހަލާކުވުން

ފަންގަސް އިންފެކްޝަން: މަލާސެޒިއާ ފަދަ ޔީސްޓް ނުވަތަ ފަންގަސް އަކީ ބޮލުގެ އިސްތަށިގަނޑުގައި ބިހި އުފެދުމަށް މެދުވެރިވާ ސަބަބެކެވެ.

ގިނައިން އިސްތަށިގަނޑު ނުދޮވުން: މާގިނައިން ދާހިތްލާ އިސްތަށިގަނޑުގެ ފޮލިކަލްތަކުގައި ހުންނަ ލޯވަޅުތަކުގައި ބެކްޓީރިއާ ތާށިވެ، އިސްތަށިގަނޑު ދޮވުން ދޫކޮށްލުމަކީ ބިހިނެގުމަށް މަގުފަހިވާ ކަމެކެވެ.

ގޯސް އުފެއްދުންތައް: ތެޔޮ، ޕޮމެޑް ނުވަތަ ވެކްސް ފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިސްތަށިގަނޑުގެ ފޮލިކަލްތައް ތަތްވެދާނެ ކަމެކެވެ.