ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކައިލާން ޓްރެންޑްސް އަހަރީ ސޭލް އަންނަ ހޯމަ ދުވަހު ފަށާނެއެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ 5 ން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސޭލް މިއަހަރުވެސް ކުރިއަށްދާނީ %50 ޕަސެންޓްގެ ބޮޑު ޑިސްކައުންޓަކާއެކުއެވެ.

ސޭލް އޮންނަ ކޮންމެ ދުވަހަކުވެސް ސޭލް ކުރިއަށްދާނީ އެދުވަހެއްގެ މެންދުރުފަހު 2 ން ރޭގަނޑު 10 އާއި ހަމައަށެވެ.

ކައިލާން ޓްރެންޑްސް ހުޅުވި ފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ބޮޑު ސޭލްގައި ކައިލާން އިން ވިއްކާ ހުރިހާ މުދަލަކުންވެސް %50 ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.

އަދި ޑިސެމްބަރު މަހުގެ 5 ން 9 އަށް ދެމިގެން ދާ ގޮތަށް މި ސޭލް ބޭއްވުމަށް ހަމަޖައްސާފައިވަނީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން އަތޮޅުތެރެއިން މި ސޭލްއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް މި ސޭލްގައި ބައިވެރިވެލެއްވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ކައިލާން ޓްރެންޑްސް ގެ އަހަރީ ސޭލްގައި ކައިލާންއިން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ ވަރަށް ގިނަ މުދާ ލިބިލައްވާނެއެވެ.

އަދި އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ސްޓޮކް ހުސްވަންދެން ހުރިހާ މުދަލެއްވެސް ލިބިލައްވާނެއެވެ.