ނޮވެމްބަރު 19 ވަނަ ދުވަހު ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދުނިޔެ ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި އިންޓަރނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑް ތައް ހޯލްސޭލް އަދި ރީޓެއިލް ކުރާ 'ކައިލާން ޓްރެންޑްސް' އިން މިވަނީ މިދުވަހުގެ ޝަރަފުވެރިކަން އިތުރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ގިފްޓުޕެކްތަކެއް ތައާރަފްކޮށްފައެވެ.
ފިރިހެނުންކުރާ ޙިއްސާތަކާއި، އެމީހުންގެ ކާމިޔާބީތަކާއި، އާއިލާތަކާއި، މަސައްކަތްކުރާ ތަންތަނާއި، މުޖުތަމަޢުތަކުގައި އަދާކުރާ މުހިންމު ދައުރުތައް ފާހަގަކުރުމުގެ ފުރުޞަތުލިބޭ މިދުވަހުގައި ގާތްމީހުންނަށް ހަދިޔާދޭން ބޭނުންވާ ފަރާތްތަކަށްމިއީ ރަނުގެ ފުރުސަތެކެވެ.
ފިރިހެނުންގެ އަގުވަޒަން ކުރުމުގެ ރޫހުގައި ކައިލާންއިން ތައާރަފްކޮށްފައިވަނީ ގިފްޓްބޮކްސް އަދި ގިފްޓްޕެކްއެވެ.
ހުރިހާ އުމުރެއްގެ ފިރިހެން ބޭފުޅުންނާއި ގުޅޭކަހަލަ ސެންޓާއި، ބޮޑީސްޕްރޭ ، ޝޭމްޕޫ އާއި ފޭސްވޮޝް ފަދަ ކޮސްމެޓިކްސް މިޕެކްތަކުގައި ހިމަނާފައިވެއެވެ. މި ގިފްޓްޕެކްތައް އެކި އަގުތަކުގައި މިހާރު ކައިލާން ޓްރެންޑްސް އިން ލިބެން ހުންނާނެކަމަށް ތީރުމީޑިއާއަށް ކައިލާންޓްރެންޑްސް އިން ވަނީ މައުލޫމާތު ދީފައެވެ.
ކައިލާން ޓްރެންޑްސް އަކީ ދުނިޔޭގެ ނަން މަޝްހޫރު އެކި ކޮސްމެޓިކްސް ބްރޭންޑްތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދީ ގިނަބައެއްގެ މަޤުބޫލްކަން ހޯދާފައިވާ ފިހާރައެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން