ގިނަބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަންރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ، އުރީދޫއިން މިވަނީ މިރަންގެ ބައިވެރިން ބޭނުންކުރާ ބިބްތަކުގައި ނަންޖަހާ ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އުރީދޫ ފަންރަންް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހު ހަވީރުއެވެ.
އުރީދޫ ފަންރަން ބިބްގައި ނަންޖައްސަވަން ބޭނުންވާ ފަރާތްތަކުން ރެޖިސްޓަރ ކުރުމަށް މޫލީއަށް ޒިޔާރަތްކޮށް ، ބޭނުންވާ ކިޓާއި ސައިޒް އިޚްތިޔާރުކޮށް ކާޓްއަށް އެޑްކުރެވޭނެއެވެ. ކާޓް އިޚްތިޔާރުކުރެއްވުމަށްފަހު ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކުރެއްވުމަށްފަހު ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ، ބިބްގައި ޖައްސަވަން ބޭނުންފުޅުވެލައްވާ ނަން ޖައްސަވާ އޯޑަރ ކަށަވަރު ކުރެއްވުމަށް ފައިސާ ދެއްކެވޭނެއެވެ. ނަން ޖައްސަވާއިރު އިޚްތިޔާރުކުރެވޭނީ ގިނަވެގެން 7 އަކުރު އެކުލެވޭ ނަމެކެވެ.
އުރީދޫ ފަންރަން 2023 ހުގެ ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެންހުންނާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަންރަން ޓީޝާޓާއި ރިސްޓްބޭންޑްހިމެނޭ އިރު ، 200 ރުފިޔާގެ ފަންރަން ކިޓްތަކުގައި ފަންރަން ޓީޝާޓަކާއި ، ރިސްޓްބޭންޑާއި، ފޮތިކޮތަޅާއި ލޮލުގަ އަޅާ ގޮގުލްސް އަދި މަލްޓި ޕަރޕަސް ބަންޑާނާއެއް ހިމެނެއެވެ.
އުރީދޫ ފަންރަން އާއި ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެތެރޭގެ ތެރޭގައި 22 ޑިސެމްބަރު 2023 ވާ ހުކުރުދުވަހު ހެދުނު ހުޅުމާލޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައި ވާއިރު ، ހަވީރު ފަންރަން އަށްފަހު ، އެހެންއަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާއިއެކު ކުލަގަދަ މިއުޒިކް ޝޯއެއްބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އުރީދޫފަންރަން ބިބް އޯޑަރ ކުރެއްވުމަށް https://www.moolee.mv/category/Fun-Run-2023 މި ލިންކް ބޭނުންކުރައްވާ. އަދި އުރީދޫ ފަންރަން ގައި ބައިވެރިވެލެއްވުމަށް https://go.ooredoo.mv/fun-run-2023/ މިލިންކް ބޭނުންކުރައްވާށެވެ. މިއުފާވެރި ދުވުމުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ 30 ނޮވެމަބަރ 2023 ހުގެ ނިޔަލަށް ހުޅުވާލާފައެވެ.
އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި، އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުންކަމަށާއި، އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އުރީދޫ އިން ބުނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ފަން ރަން އާއި ފަން ރަން ގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ވެބްސައިޓުން ލިބެންހުންނާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން