މުޖުތަމަޢު އަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' މިއަދު ބާއްވައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ބީއެމްއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އެ މުވައްޒަފުންގެ ދަރިން ވަނީ ބައިވެރިވެފައެވެ.
ދުވުން ނިންމާލުމަށްފަހު ބީއެމްއެލްގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް (އެމްއޭޕީޑީ) އިން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށްޓަކައި 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.
މުޖުތަމަޢު އަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބީއެމްއެލްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން