ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 51 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. 

މިހާރު ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗަރގެ އެެސެމްބްލިންގ މަސައްކަތްތައް ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. 

މި މަޝްރޫޢުގެ ދަށުން، ވޯރކްޝޮޕް އިމާރާތަކާއި ވެހިކަލް ގަރާޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. 

މިއީ 24.59 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.