ކޮންމެ ދުވަހަކު ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އާޗާ ޕްރިޕެއިޑް އާއި އެކު އައިފޯން 15 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫގެ އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވާ ގޮތަށް، އެއް ފަހަރު ރީޗާޖްކޮށްގެން ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރީޕެއިޑް ޕްލޭންތަކެކެވެ. ހަމައެއާއެކު އާޗާ ޕްރިޕެއިޑްގެ ޕެކްތައް މިމަހުގެ 31ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ފަރާތްތަކަށް މިހާރު ކުރިއަށް ދާ ރީޗާޖް އެންޑް ވިން ޕްރޮމޯޝަންގައި އޮޓޮމެޓިކުން ބައިވެރިވެވޭނެއެވެ.

 އާޗާ ޕްރިޕެއިޑް ގެ ޕެކްތައް 31 ޑިސެމްބަރ 2023 އެކްޓިވޭޓް ކުރާ ފަރާތްތަކަށް މިހާރު ކުރިއަށް ދާ ރީޗާރޖް އެންޑް ވިން ޕްރޮމޯޝަން ގައި އޮޓޮމެޓޮކުން ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި ޕްރިޕެއިޑް ޑޭޓާ ޕެކްސް އަދި އެޑްއޯންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއްލިބެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަން ގެ ގްރޭންޑް ޕްރައިޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އާޗާ 500ގެ ޕްލޭން މެދުވެރިކޮށް 60ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ 500 ރުފިޔާއަށް ލިބޭއިރު، އާޗާ 750 މެދުވެރިކޮށް 180ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު ހަ ޖީބީ ޑޭޓާ (750 ރުފިޔާއަށް) ލިބެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ އަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންކުރެވޭން ޑޭޓާ އެވެ. އެގޮތުން ކިޔެވުމަށް ބޭނުންކުރާ ޕެލެޓްފޯމްތަކާއި، ނެޓްފްލިކްސް، ސޯޝަލް މީޑިއާ، އަދި އޭގެ އިތުރުން ގޭމް ކުޅުމަށް، ޑައުންލޯޑްކުރުމަށާއި ސްޓްރީމްކުރުމަށްވެސް ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ.