އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ ފަހުގެ ސްމާޓް ގަޑި - އެޕަލް ވޮޗް ސީރީޒް 9 ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ސްމާޓް ގަޑި އަޕްގްރޭޑް ކުރަން ޝައުގުވެރިވާ ކަސްޓަމަރުންނަށް މިހާރު އޮންލައިން މާކެޓްޕްލޭސް މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 9 އަށް އޯޑަރުކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ. މި ޑިވައިސް ގެ ދެ ސައިޒެއް ލިބެން ހުންނާނެ: 41 މިލިމީޓަރުގެ އެޕަލް ޕޮޗް ސީރީޒް 9 8750ރ އަށް ލިބެން ހުރި އިރު 45 މިލިމީޓަރު ގެ ގަޑި 9250ރ އަށް ލިބިވަޑައިގަންނަވާނެއެވެ. 

އެޕަލް ވޮޗް ސީރީޒް 9 ގައި ޒަމާނީ ޓެކްނޮލޮޖީ އާއި އެކު ތަފާތު ފީޗާތަކެއް ހިމެނެއެވެ. އޭގޮތުން މި ސީރީޒް އަކީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑި ތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިއެވެ. އަދި ހަމަ އެއާ އެކު މި ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއި އެކު ސްކްރީނުގައި އަތްނުލައި އެޕަލް ވޮޗް ބޭނުންކުރެވެއެވެ.

ކުރީގެ އެޕަލް ވޮޗް ތަކާ އަޅާބަލާއިރު ދެގުނަ އަލިގަދަ ޑިސްޕްލޭ އާއި ސިއްހަތާއި އެކްސަސައިޒް ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ގެނެސްފައިވާ ބަދަލުތަކަކީވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ. މި އާ ފީޗާތަކާއި އެކު އެޕަލް ވޮޗް ސީރީޒް 9  ގެ ބޭނުން ތެރިކަން އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެންދެއެވެ.

އެންމެފަހުގެ އެޕަލް ވޮޗް ސީރީޒް 9 މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/applewatch9 ޒިޔާރާތްކޮށްލައްވާށެވެ. މޫލީ ގެ އިތުރުން އުރީދޫ މޯލްޑިވްސް އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް އެޕަލް ވޮޗް ސީރީޒް 9 ތަޖުރިބާކޮށް ބައްލަވައިގަނެވޭނެއެވެ.