އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓުން %10 އާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ނިރޮޅު މަގު ރުއްގަނޑު 1 ސަރަހައްދުގައި ހުޅުވާފައިވާ މި ރެސްޓޯރަންޓަކީ ކޮންމެ ދުވަހަކު ހެނދުނު 6.30 ދަންވަރު 12:30 އަށް ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދާ ރެސްޓޯރަންޓެކެވެ. އެތައް ރަހަތަކެއް މެނޫގައި ހިމެނޭއިރު، މީގެ ތެރޭގައި ވެސްޓާން، އޭޝިއަން އަދި އިޓާލިއަން ހިމެނެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހާއްސަ މެނޫއަކާ ލަންޗް އެކްސްޕްރެސް މެނޫއެއް ހިމެނެއެވެ. 

ކްލަބް ޕްރިމިއަރ އަކީ އުރީދޫ މޯލްޑިވްސްގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ޚާއްސަ ރިވޯޑް ސްކީމްއެކެވެ. ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ޚާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން 2015 ގައި ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ.