ރާއްޖޭގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކޮޅުމަޑުލު ތިމަރަފުށީ މިވަގުތު ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީ އިން އާންމުކޮށްފިއެވެ.

އާރްޑީސީ އިން ބުނީ، ތ. ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ނޫރާނީމަގުގައި ކޮނެގެން ކުރަން ޖެހޭ މަސައްކަތްތަކާއި، ކޭބަލް ޖަންކްޝަން ކްރޮސިން ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ.

ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2019 ވަނަ އަހަރު އެވެ. މި މަސައްކަތަކީ 75.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.