އެސްޓިއޯގެ ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކްއެއް ކުޅެލައިގެން ނުވަތަ ފޮޓޯއެއް ނަގައިގެން 5000ރ. ގެ އިނާމެއް ލިބުމުގެ ފުރުޞަތު އޮންނަ މުބާރާތެއް އެ ކުންފުނިން ފަށައިފިއެވެ.

މިމުބާރާތް ކުރިއަށް ދާނީ އަންނަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހާއި ހަމައަށެވެ. އެސްޓީއޯ އިން ބުނީ، މި މުބާރާތުން ލިބޭ ގިފްޓް ވައުޗަރުން އެ ކުންފުނީގެ ކޮންސްޓްރަކްޝަންސްގެ ކޮންމެ ފިހާރައަކުންވެސް 5000ރ. ގެ އަގުހުރި ހަދިޔާއެއް ލިބޭނެކަމަށެވެ. 


މި މުބާރާތުގައި ބައިވެރިވުމަށް:

• އެސްޓީއޯ ހެޑްއޮފީހުގެ ފޮޓޯއެއް ނެގުމަށް ފަހުގައި ފޭސްބުކަށް ޕޯސްޓުކޮށްލުން.
• ހެޑްއޮފީސް އަރާ ގޮތަށް ޓިކްޓޮކެއްވެސް ކުޅެލެވިދާނެ.
• އެންމެ ގިނަ ބޭފުޅުން ލައިކް ކުރާ ފޮޓޯއަކަށް 5000ރ. ގެ ގިފްޓް ވައުޗަރެއް ދެވޭނެ.

 

މީގެ އިތުރުން، އެސްޓީއޯ އިން ކޮންމެ ރޯދަމަހަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރަމަޒާން ބާޒާރުވެސް ފެށިގެން ކުރިޔަށް އެބަދެއެވެ. މި މުބާރާތަކީ ބޭރުގައި އުޅޭ އިރު ކުޑަ ކުޑަ ކަމެއް ކޮށްލައިގެން ފަސޭހައިން ބައިވެރިވެވޭނެ މުބާރާތެކެވެ.