މިއަހަރުގެ ފިޠުރު ޢީދާ ގުޅުވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ މޯލްޑިވްސް އާ ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ބޭއްވިފައެވެ.

މިއީ މުޖުތަމަޢުގައި އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމަށް ބޭއްވުނު ހަރަކާތްތަކެވެ. 

1. ބޯކިބާ ބެހުން – މާލެ އަދި ހުޅުމާލެ

ކޮންމެ ޢީދެއްގައި އުރީދޫގެ ފަރާތުން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން މި ފިޠުރު ޢީދުގައިވެސް މާލެ އަދި ހުޅުމާލޭގައި ކުރިއަށް ދިޔައެވެ. މިއީ ޢީދުގައި ޒަމާނުންސުރެ ސަޔަށް ބޯކިބާ ކެއެމުގެ އާދަޔާ ގުޅުވައިގެން އުރީދޫއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. 

2. ޢީދު ހަދިޔާ ބެހުން

މިއަހަރުވެސް ކުޑަކުދިންނަށް އުރީދޫގެ ފަރާތުން ޢީދު ހަދިޔާ ބެހުން ކުރިއަށް ގެންދިޔައެވެ. 

3. ޢީދު ސައި – އެޗް.ޑީ.ސީ އާއެކު

އެޗް.ޑީ.ސީ އާއި ގުޅިގެން ފޭސް 2ގައި ޢީދު ސައި ބެހުން ޢީދު ދުވަހު ހެނދުނު ކުރިއަށް ދިޔައެވެ. 

4. ކުލަބު ހުޅު އަދި އުރީދޫ ގުޅިގެން ބޭއްވުނު ފެންކުޅި އަދި ވާދެމުން

ކުލަބު ހުޅުގެ ފަރާތުން ހުޅުމާލެ ހުޅު ބީޗު ސަރަހައްދުގައި ފެންކުޅި، ވާދެމުން އަދު ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަ ހަރަކާތެއް ބޭއްވުނެވެ. 

5. ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ޢީދު ސައި

ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ޢީދު ސައި އީދު ނަމާދަށް ފަހު ހިޔާ ޓަވަރު ސަރަހައްދުގައި ބޭއްވުނެވެ. 

6. މަޑުއްވަރީ މައިސްޓްރޯ ކަޕް – މެއިން ޕާޓްނަރ

މ. މަޑުއްވަރީގައި ބޭއްވި މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރ އަކީ އުރީދޫއެވެ. މިއީ މަޑުއްވަރީ ޢީދު ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. 

7. މިލަންދޫ ކައުންސިލް ކަޕް – ބްރޯންޒް ޕާޓްނަރ

ށ. މިލަންދޫ ކައުންސިލް ކަޕްގެ ބްރޯންޒް ޕާޓްނަރއަކީ އުރީދޫއެވެ. ފުޓުބޯޅަ މުބާރާތްތަކަކީ ގިނައިން ޢީދާ ދިމާކޮށް ބޭއްވޭ ހަރަކާތެކެވެ. 

8. ކުޑަރިކިލު ފުޓްސަލް މުބާރާތް – ޑިޖިޓަލް ޕާޓްނަރ

ކުޑަރިކިލު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. ރަށުގެ ފޯރިގަދަ މުބާރާތެއް ކަމުގައި ވިޔެވެ. 

9. އޭދަފުށި ފުޓްސަލް ކަޕް – ޓައިޓަލް ސްޕޮންސަރ

އޭދަފުށި ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ. މިއީ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުބާރާތެކެވެ.