މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީ އިން އާއްމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް، ދިފާޢީވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އާރްޑީސީ ގުޅިގެން ފެށި މި މަޝްރޫޢުގެ ދަށުން، ބޮޑުތަކުރުފާނުމަގު ހުޅަނގު ކޮޅާއި ހަމައަށް ކަލްވަރޓް ލައިންގެ ކާސްޓިންގ ގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

އަދި މިވަގުތު ކުރިއަށްދަނީ މަގުގެ ކޮޅުގައި ސްޓޯރމް ވޯޓަރ ކެޗްޕިޓް ބެހެއްޓުމަށް ކޮނުމުގެ މަސައްކަތް ކަމަށް އާރްޑީސީ އިން ބުނެއެވެ.

މީގެއިތުރުން، ބިމުގެ އަޑިން ހަދާ ކަލްވަރޓް ލައިންގެ ކާސްޓިންގ ގެ މަސައްކަތް ސައިޓުގައި ކުރިއަށް ގެންގޮސް އެ މަސައްކަތްވެސް ނިންމާލެވިފައިވާ ކަމަށް ވެސް އާރްޑީސީ އިން ވަނީ ބުނެފައެވެ.