އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 – ގދ. ތިނަދޫ ގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންގ ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައެވެ.

ގދ. ތިނަދޫގައި މަސްރޭހަށް ރެޖިސްޓަރ ކުރި 8 ޓީމާއެކު މި މުބާރާތް ފަށާފައިވަނީ 23 އޯގަސްޓް ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ. 

ޗެމްޕިއަން ޓީމް: 1665.81 ޕޮއިންޓާއެކު ބްލެކް އޭންޓް ފިޝިންގ

ދެވަނަ ޓީމް: 523.25 ޕޮއިންޓާއިއެކު ޓީމް އެމް.އައި.ބީ

3ވަނަ ޓީމް: 478.85 ޕޮއިންޓާއިއެކު ހޯނޑެއްދޫ މަސްވެރިން

އެންމެ ބަރު މަސް: އަބްދުﷲ ދީދީ، ބްލެކް އޭންޓް ފިޝިންގ– 7.15 ކިލޯގެ ހަންޖެއް

އެންމެ މޮޅު ކެޔޮޅު – ފިރިހެން: ދައުސް ހަސަން، ހޯނޑެއްދޫ މަސްވެރިން، 12 މަސް

އެންމެ މޮޅު ކެޔޮޅު – އަންހެން: އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީ، ޓީމު އެމް.އައި.ބީ، 4 މަސް

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ތިނަދޫގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ.