މ. މުލަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް އާރްޑީސީ އިން އާއްމުކޮށްފިއެވެ.

އާރްޑީސީ އިން ބުނީ، މުލަކުގައި މިވަގުތު ކުރިއަށްދަނީ، ސޯސަން މަގުގައި އެކްސްކްވޭޝަން އަދި ބެކް ފިލިންގގެ މަސައްކަތެވެ. އަދި ހަވީރު ހިނގުމުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އާރްޑީސީ އިން ބުނެއެވެ.

މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ.

މިއީ 106.23 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.