މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، 60 މީޓަރުގެ ފުރަތަމަ ބްރިޖުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އަދި، 60 މީޓަރުގެ ދެވަނަ ބްރިޖްގެ 80 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީސީ އިން ބުނީ، ސައިޓުގައި މިހާރު ކުރިއަށްދަނީ އެޕްރޯޗް ރޯޑް އާއި ރިވެޓްމެންޓްގެ މަސައްކަތެވެ.
މިއީ މީގެ ދެ އަހަރުކުރީން 84 މިލިއަން ރުފިޔާ އަށް ސަރުކާރުން، އެމްޓީސީސީއާ ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން