2004 ވަނަ އަހަރުގެ ސުނާމީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްދާ 'ވިލުންތެރި 20 - ރެޒިލިއަންޓް 20' މައުރަޒުގެ ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް) ބައިވެރިވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ހަތަރު ދުވަހުގެ މި މައުރަޒު ނޭޝަނަލް އާޓް ގެލެރީގައި 29 ޑިސެމްބަރާއި ހަމައަށް ކުރިއަށްދާނެ އެވެ.

މި މައުރަޒުގައި ސުނާމީ ކާރިސާގައި ރާއްޖެ އަށް ލިބިނު ހިތްދަތިކަމާއި، ސަލާމަތްވި މީހުންގެ ކެތްތެރިކަމާއި، މުޅި ގައުމަށް ގެނުވި އެއްބައިވަންތަކަމާއި ދިވެހިންގެ ހިތްވަރު އާލާކޮށް ދެއެވެ. މީގެ އިތުރުން މި މައުރަޒަކީ މިފަދަ ކާރިސާތަކަށް ތައްޔާރުވުމުގެ މުހިންމުކަމާއި އިތުރަށް ވިލުންތެރި މުސްތަޤުބަލެއް ބިނާކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ މައުރަޒެއް ވެސްމެއެވެ.

މި މައުރަޒުގައި ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވސްއިން ބައިވެރިފައިވަނީ އުރީދޫ މޯލްޑިވްސް އަކީ ރާއްޖެއަށް ދިމާ މިފަދަ ކާރިސާތަކުގައި އެންމެ ކުރީސަފުގައި ނިކުންނަ އެއް ކުންފުންޏެއްގެ ހައިސިއްޔަތުންނެވެ. އުރީދޫ މޯލްޑިވްސް އިން ވަނީ ކާރިސާތަކަށް އިޖާބަދިނުމާއި ދުރާލާ ތައްޔާރުވުމުގައި ނަމޫނާ ދައްކުވައިދީ، ޤައުމަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ކުންފުނިން އަޅާ އަވަސް ފިޔަވަޅުތަކާއި ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ސަބަބުން ޤައުމުގެ ވިލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

2014 ވަނަ އަހަރު މާލޭގައި ކުރިމަތިވި ފެނުގެ ހާދިސާގައި، އޫރީދޫ މޯލްޑިވްސްއިން ވަނީ އަވަސް އިޖާބައެއްދީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުންވާ ޓެލެކޮމިއުނިކޭޝަންގެ އެހީތެރިކަމާއި، ހިލޭ އެސްއެމްއެސް އެލާޓްތަކާއި، އިންޓަރނެޓް ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

ހަމަ އެއާ އެކު ކޮވިޑް-19 ޕެންޑެމިކާއި ގުޅިގެން ކުންފުނިން އެޅި އަވަސް ފިޔަވަޅުތަކާއި ފޯރުކޮށްދިން އެހީތެރިކަމުން އިތުރަށް ހާމަވެގެންދިޔައީ ކުންފުނީގެ ވިލުންތެރިކަމާއި ދިވެހި މުޖުތަމުތަކުގެ ސަލާމަތާއި ލާބައަށް ދޭ އަހައްމިޔަތުކަމެވެ. 48 ގަޑިއިރުގެ ތެރޭގައި، އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންގެ 85 އިންސައްތަ ގޭގައި ތިބެގެން މަސައްކަތްކުރުމަށް ބަދަލުކޮށް، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ޚިދުމަތް ކަށަވަރުކޮށްދިނެވެ. ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެއިތުރުން، އުރީދޫއިން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައްވެސް ވަނީ ފޯރުކޮށްދީފައެވެ. 

ހަމަ އެއާއެކު، އުރީދޫ މޯލްޑިވްސްއިން ވަނީ ޤައުމުގެ ސިއްޙީ ޚިދުމަތުގެ ވަސީލަތްތައް ހަރުދަނާކުރުމަށް ވެސް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ކުންފުނިން ވަނީ އެއަރ އެމްބިއުލަންސް އިކުއިޕްމަންޓަށް 16 މިލިއަން ރުފިޔާ އިންވެސްޓްކޮށް، އަދި ދިވެހި ސަރުކާރަށް ތިން ސީ އެމްބިއުލަންސް ހަދިޔާކޮށްފައެވެ. މިކަމުގެ ސަބަބުން ދުރު ރަށްރަށަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވަގުތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ޤައުމުގެ މުޅި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވެގެން ގޮސްފައިވެއެވެ.

ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖޭގެ މުއައްސަސާތަކާއެކު ބައިވެރިވެ ކުރިއަށް އޮތްތަނުގައިވެސ އުރީދޫ މޯލްޑިވްސް ދެމި އޮންނާނެކަމުގައި އެކުންފުނިން ވަނީ ހިއްސާކޮށްފައެވެ. ކާރިސާތަކަށް ތައްޔާރުވެ އަސަރު ކުޑަކުރުމަށް ހޭލުންތެރިކުރުމާއި، މުހިންމު ސްޓޭކްހޯލްޑަރުންނާ އެކު ޕާޓްނަރުންނަށްވެސް، ޑިޒާސްޓާ އެލާޓްތަކާއި ކުއްލި މުއާމަލާތްތަކަށް ޓެކްނޮލޮޖީގެ ހައްލުތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ. 

"ވިލުންތެރި 20 – ރެޒިލިއެންޓް 20" މައުރަޒަކީ ކެތްތެރިކަމާއި ތައްޔާރީގެ މުހިންމުކަން ހަނދާންކޮށްދޭ މައުރަޒެކެވެ. އުރީދޫ މޯލްޑިވްސްއިން މި މައުރަޒުގައި ބައިވެރިވުމަކީ ކުންފުނިން އިޖުތިމާޢީ ޒިންމާއަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.