ކިއުކަންބާ އަކީ ދުނިޔޭގެ މާރުކޭޓުތަކުގައި ވަރަށް ގިނައިން ހުންނަ ބާވަތެއް. މި އީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ތަރުކާރީއެއް. ރޮލާ ކެވޭ މި ތަރުކާރީ ދިވެހި ފަސްގަނޑުގައި މިހާރު ދަނީ ގިނަ އަދަދަކަށް ހައްދަމުން. އާދަވެ ދިވެހިންގެ ކެއުމުގައި ބޭނުން ކުރާ މި ތަރުކާރީ އާއި ބެހޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކޮށްލާނަން. ކިއުކަންބާ އަކީ އެންމެ ފިނި އެއް ތަރުކާރީ. ކިއުކަންބާގެ އެތެރޭގެ ފިހިހޫނުމިން، މާހައުލުގެ ފިނިހޫނުމިނަށްވުރެ 20 ޑިގްރީ ފެރަންހައިޓް ދަށްވޭ. މި ސަބަބަށްޓަކައި މި ތަރުކާރީ އަކީ އެންމެ ފިނި ތަރުކާރީ ކަމުގައި ބެލެވިފައިވޭ. މި ތަރުކާރީގެ 90 އިންސައްތަ އާއި 95 އިންސައްތަ އަކީ ފެން. ކިއުކަންބާ ފިނި ކޮށްދެނީ މި ފެނުގެ ސަބަބުން. ކިއުކަންބާ އަކީ ވަރަށް ގިނަ ފައިދާހުރި މާއްދާތަކެއް އޭގައި އެކުލެވިގެންވާ ތަރުކާރީއެއް. ކިއުކަންބާގެ އެތައް އާއިލާއެއް ހުންނަ އިރު އެންމެ ބޮޑުވާ އާއިލާގެ ކިއުކަންބާއެއް 2 ފޫޓާއި 3 ފޫޓާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވޭ.