އެއްގަމުގައި "ރެދަން" ލައޭ ބުމުނުން ހައިރާން ކަމެއް ލިބިދާނެ! އެހެނަސް އެއްގަމުގައިވެސް "ރެދަން" ލާކަން ދެނަހުރީމުތަ؟ ހަގީގަތަކީ ރެދަން ލުމުގައި ހިނގާ "ބަޔޯލުމިނެސެންސް" ނަމަކަށް ކިޔާ ކެމިކަލް ރިއެކްޝަން އެއްގަމުގައި އުޅޭ ބައެއް ދިރުން ތަކުގައިވެސް ހިނގާ. ނަމަވެސް މި ހާލަތްތަކަށް ދިވެހިން މާނަ ކުރާ ރެދަން ލުމޭ ކިޔައެއް ނޫޅެ.

އެއްގަމުގައި އުޅޭ ބައެއް ސޫފިތަކުގެ ހަށިގަނޑުގައިވެސް ރެދަން ލުމުގައި އެ ކުދި ފަނިފަކްސަ ތަކުގައި ހިނގާ ކަހަލަ، ހަމަ އޭގެ ހަތަކާތެއް ހިނގާ. އެގޮތުން އެރަކްނޮކަމްޕާ ލުމިނޯސާ ނަމަކަށް އަކީ މިގޮތަށް "ރެދަން" ލާ އެއްޗެއް. މިއީ މަދިރި އާއިލާގެ ކަށި ނުހުންނަ ކުޑަ ސުއިއްޕެއްގެ ބިސް. މި ބިސްތައް ހުންނަނީ އަނދިރި ތަންތަނުގެ، ހާއްސަކޮށް ހޮހޮޅަ ތަކުގެ މަތީފާރުގައި، މަތިން ތިރިއަށް އެލިފަ ހުންނަ ގޮތަކަށް އަޅާފަ. މި ބިސްތަކުގެ ތެރޭގައި ކުޑަ ފަންޏެއް އޮވޭ. މި ފުވަސްވަރު މިގޮތަށް އެލިފައި ހުންނަ ބިހުގެ ފަތިވަރުތަކެއްގައި އަނދިރިކަން ގަދަވުމުން "ރެދަން" ލާން ފަށާ.

ކުއަންޓަލާ ސްޓްރިއާޓާ ނަމަކަށް ކިޔާ ފިނިހަ އަކީ ވެސް، އެސޮރު ހިނގާ މަގުގައި "ރެދަން" ލަމުން ހިނގާ ފިނިހައެއް. ނަމަވެސް މިއީ މާ އަލިގަދަ އެއްޗެއް ނޫން. ހާސްފަޔަކީވެސް "ރެދަން" ލުމުގެ ގާބިލުކަން ލިބިގެންވާ ސުއިއްޕެއް. އެސޮރަށް ގެއްލުމެއް ލިބެން އުޅުމުން ދިފާއު ވުމުގެ ގޮތުން ދިޔަވަރެއް ބޭރުކޮށްލާ. މި ދިޔަވަރުގެ ސަބަބުން "ރެދަން" ލާ. 

ރޭޑިއަންޓް ރެއިލްރޯޑް ވާމް އޭ ކިޔާ މި ކުޑަކުޑަ ކޮކާ ފަންޏަކީވެސް އޭގެ ހަށިގަނޑުގައި ހުންނަ ބައި ތަކަކުން "ރެދަނުގެ" އަލި އުފައްދާ ސުއިއްޕެއް. މިއީ އަލިފާން ކޮކާލުގެ ކޮކާފަނި. ހަމަ މިގޮތަށް އަލިފާން ކޮކާލަކީވެސް ރޭގަނޑަށް "ރެދަން" އަޅަމުން އުދުހޭ ކޮކާލެއް. ރޭގަނޑަށް އިވޭ ރީތި ހިމޭން އަޑުގެ ސިއްރު ކަމުގައިވާ ރަފީގު ނަމަކަށް ކިޔާ މި ސޫފީގައި ވެސް "ރެދަނުގެ" އަލިކަން އުފެއްދުމުގެ ކުޅަދާނަކަށް ލިބިގެން ވޭ. 

ގްލޯވިން ރޯޗަސް ނަމަކަށް ކިޔާ މު ސުއިއްޕަކީ ކުރަފީގެ އާއިލާއަކަށް ނިސްބަތްވާ ސުއިއްޕެއް. ރޭގަނޑަށް މުޅި މިސޮރުގެ ހަށިގަނޑު ހުންނާނީ ދިއްލިފަ. މީގެ ބައިގަނޑެއް އުޅޭ އިރު، ހީވާނީ "ރެދަން" ލައިގެން އުޅޭހެން. ބައެއްކަހަލަ ކިލާފަނި ތަކަކީވެސް އެސޮރުމެންގެ ހަށިގަނޑުން ޒާތެއްގެ ދިޔަވަރެއް ބޭރު ކުރާ އެއްޗެއް. އެހެންކަމުން ރޭގަނޑުގެ ވަގުތުގައި މި ދިޔަވަރު ފެންނަން ހުނާނީ ދިއްލިފާ. 

އާންމުގޮތެއްގައި އެއްގަމުގާ މި ލާ "ރެދަނުގެ" ކުލަ އަކީ ފެހި ނުވަތަ ރީނދޫ ކުލަ. ނަމަވެސް އެރަކްނޮކަމްޕާ ލުމިނޯސާ އާއި ބައެއް ކަހަލަ ކިލާފަނި ތަކުން ދިއްލޭ ދިއްލުން، ގޮނޑުދޮށުގައި ލާ ރެދަނުގެ ކުލަ އާއި ދާދި އެއްގޮތްކަން ހުރޭ.

އެއްގަމުގައި ހުންނަ ބައެއްކަހަލަ "ހަންޑިކުޑާ" ގައިވެސް "ރެދަން" ލުމުގެ އަސަރު ފެންނަން ހުރޭ. މިއީ އެސޮރުމެން ބޭރުކުރާ ކާބަންޑައިއޮކްސައިޑާއި އެސޮރުމެންގެ ހަށިގަނޑުގައި ހުންނަ ކެމިކަލްތަކެއް އެކުވުމުން ހިނގާ ހާއްސަ ނިޒާމެއް.

މި ލިޔުމުގައި، އެއްގަމުގައި "ރެދަން" ނުވަތަ "ރެދަންލުމޭ" މާނަ މި ކުރަނީ އެއްގަމު ސޫފިތަކުގައްޔާއި ބައެއްކަހަލަ "ހަންޑިކުޑާ" ގައި ހިނގާ "ބަޔޯލުމިނެސެންސް" ގެ ނިޒާމަށް. މިއީ އެ ސޫފިތަކުގެ ހަށިގަނޑުގައި ހިނގާ ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން އަލިކަމެއް އުފެދޭ ކަމެއް. މޫދުގައި ނުވަތަ ގޮނޑުދޮށުގައި ލާފާ ހުންނަ ރެދަނުގެ ވެސް ސިއްރަކީ މިއީ.