ސްކައި ޑައިވް ކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ. ކުޅިވަރެއްގެ ގޮތުގައިވެސް މިކަން ކޮށް އުޅެއެވެ. ދުނިޔޭގައި ސްކައި ޑައިވް ކުރި އެއްމެ ދޮށީ މީހާގެ އުމުރަކީ ކޮބައިކަން ދެނަހުރީމުހެއްޔެވެ؟

ސްކައި ޑައިވް ކުރަނީ މަތިންދާ ބޯޓަކަށް އަރައިގެން އުދުހި ގޮސް މާ އުހަށް އެރުމަށްފަހު، ވައިކުޑައެއް އަޅައިގެން ފުއްމާލައިގެންނެވެ. މިގޮތަށް ފުއްމާލާއިރު، ވައިކުޑަ ލައްޕާލާފައި ހުއްޓެއް ކަމަކު، ވަކި ހިސާބަކަށް ތިރިވުމުން، ވައިކުޑަ ހުޅުވާލާނެއެވެ. އަދި ވައިކުޑައިގެ އެހީގައި ބިމަށް ތިރިކުރާނެއެވެ.

ދާދި ފަހުން، އުމުރުން 104 އަހަރުގައި އަންހެނަކު ސްކައި ޑައިވް ކޮށްގެން، ދުނިޔޭގައި ހުރި އެއްމެ އުމުރުން ދުވަސްވީ ސްކައި ޑައިވަރުގެ ޝަރަފުވަނީ ހޯދާފައެވެ. ޝިކާގޯގެ، ޑޮރޯތީ ހަފްނާ މި ރިކޯޑު ހަދާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު އެއްވަނަ ދުވަހުއެވެ. މިއާއެކު އޭނަަގެ ނަން މި ވަނީ ދުނިޔޭގެ ރިކޯޑު ފޮތަށްވެސް އަރާފައެވެ.

ޑޮރޯތީ ހަފްނާ ސްކައި ޑައިވް ކުރުމަށް ފުއްމާލާފައި ވަނީ 10،000 ފޫޓު މަތިންނެވެ. އޭނާ ބުނާގޮތުގައި އަދިވެސް އޭނާ ހުރީ އެފަދަ ފުރުސަތެއްގެ އިންތިޒާރުގައެވެ. ނަމަވެސް ޑަކްޓަރުންގެ ލަފާގެ މަތިން އަދި އޭނާ ހުރީ އެކަން އިހަށް ފަސްކޮށްގެންނެވެ. އަނެއްކާ އެހާ އަވަހަށް ސްކައިޑައިވްކުރާކަށް އޭނާގެ ސިއްހަތު ތަނެއް ނުދެއެވެ. އުމުރުން 104 އަހަރުގައި ސްކައި ޑައިވް ކޮށް، ދުނިޔޭގެ ރިކޯޑުފޮތުން ޖާގަ ލިބުމަކީ އޭނާ ވަރަށް އުފާ ކުރާ ކަމެއްކަމަށް ޑޮރޮތީ ބުންޏެވެ.