ވައިޓް ފޮސްފަރަސް ނުވަތަ ހުދު ފޮސްފަރަސް އަކީ ހަނގުރާމަ ތަކުގައި ބޭނުން ކުރުން މަނާ ކޮށްފައިވާ ކެމިކަލެއް. ނަމަވެސް ޔަހޫދީ ޒައިނިސްޓުން ދަނީ ފަލަސްޠީނުގެ ލޮބުވެތި މުސްލިމުންނާ ދެކޮޅަށް މި ވިހަ ކެމިކަލް ދަނީ ބޭނުން ކުރަމުން. ހުދު ފޮސްފަރަސް އަކީ އިންސާނާގެ ހަށިގަނޑު ވަރަށް ބޮޑަށް ވިހަ ކުރުވާ އެއްޗަކަށް ވާއިރު، ސިއްހީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރުވާ އެއްޗެއް. އެގޮތުން މިއީ:

. ހަންގަނޑު އަންދާލާ އެއްޗެއް: ހުދު ފޮސްފަރަސްގެ ސަބަބުން ހަންގަނޑުގައި ހުންނަ ސަރުބީތަކާއެކުވެ، ހަންގަނޑު އަންދާލާ އަދި އަންދަމުން ގެންދޭ. މި ސަރުބީތައް ވިރި އަނދަނީ ފޮސްފަރަސްއާއި އެކުވެ. މިގޮތަށް އަނދާއިރު، ފުން ބޮޑެތި އަނިޔާތަކެއް ލިބޭ.

. ނޭވާ ވިހަވުން: ހުދު ފޮސްފަރަސްގެ ސަބަބުން ނޭވާލާއިރު ނޭވާލާ ނިޒާމަށް އުނދަގޫވުމާއި، ކެއްސުމާއި، ނޭވާލާ ނިޒާމުގެ އެހެނިހެން މައްސަލަތައް ކުރިމަތިވެދާނެއެވެ. ގިނައިން މިއަށް ހުށަހެޅުމަކީ ފުރާނައަށް ނުރައްކާވާ ކަމެއް.

. ފުރަމޭއާއި ކިޑްނީއަށް ގެއްލުންވުން: ހުދު ފޮސްފަރަސް އަނގައިގެ ތެރެއަަށް ވަނުމުން ނުވަތަ ނޭވާލާ ނިޒާމުގެ ތެރެއަށް ވަނުމުމް އެތެރޭގެ ގުނަވަންތަކަށް ޚާއްޞަކޮށް ފުރަމޭއާއި ކިޑްނީއަށް ގެއްލުން ލިބި، ގުނަވަންތައް ފެއިލްވުން ފަދަ ކަންކަން މެދުވެރިވޭ.

. "ސިސްޓަމިކް ޓޮކްސިސިޓީ": ހުދު ފޮސްފަރަސް ލޭގެ ތެރެއަށް ވަދެ (ނޭވާލާ ނިޒާމާއި، އަނދާ ތަންތަނުގެ ތެރެއިން) "ސިސްޓަމިކް ޓޮކްސިސިޓީ" އުފެދި، ބަލިކަށިވުމާއި، މޭނުބައިކުރުން، ހޮޑުލުމުގެ އިތުރުން ސީރިއަސް އެތައް ކަމެއް މެދުވެރިވެ މަރުވުމަކީވެސް ވެދާނެ ކަމެއް.

މިފަދަ ހިތްދަތި އެތައް އަނިޔާތަކެއް، އެއްވެސް ކުށެއް ނެތް ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއިލުން ދޭއިރު، މުޅި ބައިނަލްއަގުވާމީ ދުނިޔެ އޮތީ ނިދާފަ. ޒައިނިސްޓު ޔަހޫދީންގެ މި ނުބައި އަމަލުތައް ނެތިކުރައްވާ އެބައިމީހުން ބަލިކުރައްވާ ނިކަމެތި ކުރައްވާށި!