ދިވެހިންނަކީ ޖަނަވާރުންނަށް ވަރަށް ލޯބި ކުރާ ބަޔެކެވެ. ދިރޭ “ޕެޓް”އެއް ނުގެންގުޅޭ ގެޔެއް މަދުވާނެއެވެ. ގޭގައި ދިރޭ އެއްޗެހި ގެންގުޅުން އެއީ ގޭތެރެ ފަޅުފިލާ އަދި ގޭގައި އުޅޭ ތުއްތުކުދިންނަށް ދިރޭ އެއްޗެއްސައް ކަމޭ ހިތަން ދަސްވާ ކަމެކެކެވެ. ބަޔެއް މީހުންނަކީ ގޭތެރޭގައި ބުޅާ އަދި ދޫނި ކަހަލަ އެއްޗެހި ގެންގުޅެން ބޭނުން ނުވާ މީހުންނެވެ. ގޭގައި އެންމެ ފަސޭހައިންގެންގުޅެވޭނެ ޕެޓަކީ މަހެވެ. މަހަކީ އެއްވެސް އަޑެއް ނުލައްވާ، ގޭތެރެ ހަޑި ނުވާ އެއްޗެކެވެ. މަސް ގެންގުޅެން ވިސްނަާނަމަ ސުވާލު އުފެދިދާނެ ކަމަކީ އެންމެ ފަސޭހައިން ގެންގުޅެވެނީ ބޮޑެތިމަސްތޯ ނުވަތަ ކުދި މަސްތޯއެވެ.
މަސް ޓޭންކު ގެންގުޅޭ ގިނަ މީހުން ބުނާ ގޮތުގައި ބޮޑެތި މަހަށް ވުރެ ކުދި މަސް ގެންގުޅެން ފަސޭހައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑެތި މަހަށް ވުރެއް ކުދި މަސް ގެންގުޅެން ހަރަދުކުޑަވުމެވެ. މަސް ބޮޑުވާ ވަރަކަށް އޭގެ ކާނާއާއި ގެންގުޅުމަށް ދާ ހަރަދު ބޮޑެވެ. އަދި މީގެ އިތުރުން ބޮޑެތި މަސް ގެންގުޅެން ބޮޑެތި ޓޭންކު ބޭނުން ކުރަން ޖެހޭތީވެ ޓޭންކަށް ނަގާ ޖާގަަވެސްއިތުރުވާނެއެ. އާންމު ކޮށް ކުދި ކުދި މަހުގެ އަގު ހެޔޮވެފައި ކާންދޭ ތަކެތި ހޯދަންވެސް ފަސޭހައެވެ.
މަހަކީ ބަލާލަން ރީތި އެއްޗެއްގެ އިތުރުން ސިއްހަތަށްވެސް އެތައް ފައިދާއެއް ހުރި އެއްޗެކެވެ. މަސް ފަތާތަން ބެލުމުން ލޭގެ ޕެރެޝަރު ދަށްވެ ހާރޓް ރޭޓްވެސް ދަށް ކޮއްދެއެވެ. މީގެ އިތުރުންސްޓެރެސް ކުޑަކޮއްދީ ނިދުމަށްވެސް ފަސޭހަވެއެވެ.
ގޭގައި މަސް ޓޭންކެއް ގެންގުޅެން ވިސްނާނަމަ މަސް ގެންގުޅުމާއި ބެހޭ ރަނގަޅު މައުލޫމާތު ހޯދުމަށް ފަހުގައި ޓޭންކު ހެދުން މުހިންމެވެ. މަސް ގެންގުޅޭ އެހެން މީހުންނާއި ސުވާލުކޮށް މަޝްވަރާކޮއްލުމުން އެކަމާއި ބެހޭ ހިޔާލުތައް ލިބޭނެއެވެ. އެކި މަސް މަހަކީ އެކި ގޮތަށް ގެންގުޅޭ މަހަށް ވާތީވެ ތިބާޔައް އެންމެ ފަސޭހައިން ގެންގުޅެވޭނެ މަހެއް ހިޔާރު ކުރުން ރަނގަޅެވެ. ކޮންމެ ދިރޭފުރާނަޔަކަށް ވެސް އޯގާތެރިކޮށް ހިތަން ވާނެއެވެ. އެއީ ކިތަންމެ ކުޑަ ކުޑަ އެއްޗެއް ކަމުގައި ވިޔަސް ވެސްއެވެ.
މަސް ގެންގުޅޭ ހިތްވާނަމަ އަވަހަށް މަސް ގެންގުޅުމާއި ބެހޭ ގޮތުން ދިރާސާ ކުރަން ފަށާފައި މިހާރުވެސް މަސް ގެންގުޅޭ ފަރާތަކާއި ވާހަކަ ދައްކާލާށެވެ. ގިނަ މަސް ވިއްކާ ފިހާރަ ތަކުންވެސް މަހާ ބެހޭ މައުލުމާތު ލިބޭނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން