ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބަތަލާ ނިއުމާ މުހައްމަދުގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް" ގެ އުފެއްދުން ދައްކާނެ ތާރީޚު ހާމަކޮށްފިއެވެ.

އެ ފިލްމުގެ ޓީޒާއެއް ނެރެފައިވާއިރު، ބުނެފައިވަނީ އޮކްޓޯބަރު މަހު ފިލްމް އަޅުވާނެ ކަމަށެވެ. ނަމަވެސް އަޅުވާނެ ވަކި ތާރީޚެއް އަދިހާމައެއް ނުކުރެއެވެ.

ބިރުވެރި ފިލްމު "ކަޅިކި" ޝޫޓުކޮށްފައިވަނީ ސްރީލަންކާގައި 2020 ގެ ކުރީކޮޅުގައެވެ. ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޔޫއްޕެ ވަނީ މުހިންމު ރޯލެއް ވެސް އަދާކޮށްފައެވެ. ފިލްމު ކެމެރާކޮށްފައިވަނީ އެފަދަ ދެވަނައެއް ނުވާ ތަޖުރިބާކާރު ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ޔޫއްޕެ، ސީޒަން، މުޙައްމަދު މަނިކު، ރިޝްފާ، ލަހޫ އަދި ޝިޔާ ހިމެނެއެވެ.