ބޮލީވުޑްގެ ކިންގްގެ ގޮތުގައި ގިނަބަޔަކު ޤަބޫލްކުރާ ޝާޚްރުކް ޚާންއަކީ ވަރަށް ރީތި އަދި އެހާމެ ވަރުގަތަ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ގިނަަ ބަޔަކު ޝާހްރުކްގެ ސްޓައިލްކޮޕީކޮށް ރީތިއިސްތަށިގަނޑުގެ ސިއްރު ހޯދަން ސޯޝަލްމީޑިއާގައިވެސް ސުވާލްކޮށްފައި ހުރެއެވެ.

ޕްރައިމް ވީޑިއޯޒްގެ އިންސްޓަގްރާމްއިން ހިއްސާކޮށްފައިވާ ވީޑިއޯގައި ޝާޚްރުކްވަނީ ފޭނުންގެ ބައެއް ސުވާލްތަކަށް ޖަވާބުދީފައެވެ. އެގޮތުން މީަކު ސުވާލްކޮށްފައިވަނީ ދުވަހަކުވެސް ނުކުރާކަމެއް ނަމަވެސް ޕަޓާންގެ ޝޫޓިންގ ގައި ކުރަން ޖެހުނު ކަމެއްް ބުނެދިނުަށެވެ.

މިސުވާލަށް ޖަވާބް ދެމުން ޝާޚްރުކް ބުނެފައިވަނީ ޕަޓާން ކުޅުނުއިރު ދެދުވަހުން އެއްދުވަހު ބޯދަންނަން ޖެހުނުކަމަށާއި އެއީ ދުވަހަކުވެސް ނުކުރާކަމެއް ކަމަށް ބުނެފައެވެ.

މިސުވާލްގެ އިތުރުން ފޭންއެއް ޕަޓާންގެ ލަވައަކަށް ޑާންސްކުރާ ވީޑިއޯއަށްވެސް ޝާޚްރުކް ވަނީ ތައުރީފްކޮށްފައެވެ.

މީގެއިތުރުން އާލިއާބަޓްއާއެކު ޝާޚްރުކް ދިންއިންޓަރވިއުއެއްގައި ވެސް ޝޭމްޕޫ އަދި ސައިބޯނި ބޭނުންނުކުރާކަން ވަނީ ހާމަކޮށްފައެވެ.