އެމެރިކާގެ ނިއު ޔޯކް ފިލްމު ކްރިޓިކްސް ސާކްލް އިން މި އަހަރުގެ އެންމެ މޮޅު ފިލްމަކަށް މާޓިން ސްކޯސޭސީގެ "ކިލާޒް އޮފް ދަ ފްލާވާ މޫން" ހޮވައިފިއެވެ.
މިއީ ސްކޯސޭސީގެ އުފަން ނިއު ޔޯކަށް ނިސްބަތްވާ، ކްރިޓިކްސް އިން އޭނާގެ އުފެއްދުމަކަށް އަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު ތިންވަނަ ފަހަރެވެ.
މީގެކުރީން، ސްކޯސޭސީގެ 1990 ވަނަ އަހަރު ނިކުތް "ގުޑްފެލާސް" އާއި 2019 ވަނަ އަހަރުގެ ފިލްމު "ދަ އައިރިޝްމަން" ވަނީ ނިއު ޔޯކް ކްރިޓިކްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައެވެ. ބުރާސްފަތި ދުވަހު ކްރިޓިކްސް ގްރޫޕުން ވަނީ "ކިލާޒް އޮފް ދަ ފްލާވާ މޫން" ގައި ލިއޮނާޑޯ ޑިކެޕްރިއޯ އާއެކު ކުޅެފައިވާ ރޯލަށް ލިލީ ގޯލްޑްސްޓޯން ވަނީ އަހަރުގެ އެންމެ މޮޅު އެކްޓްރެސް މަގާމަށް ހޮވިފައެވެ. ޑޭވިޑް ގްރަންގެ ހަމަ އެ ނަމުގައި ގެނެސްދީފައިވާ ވާހަކަ އަށް ބިނާކޮށް އެޕަލް ސްޓޫޑިއޯސް އިން 200 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އުފައްދާފައިވާ މި ފިލްމުގައި ދައްކުވައިދީފައވަނީ 1920 ގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއްގެ ދަހިވެތިކަމުގައި ހިންގާ ގަތުލުތަކެއްގެ ވާހަކަ އެވެ.
މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޮލަންގެ ފަހުގެ ފިލްމު "އޮޕަންހައިމާ" އިން ގިނަ އެވޯޑްތަކެއް ހާސިލްކުރިއިރު، އޭގެތެރޭގައި ނޮލަން އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި، ހޮއިޓް ވެން ހޮއިޓެމާ އަށް ލިބުނު އެންމެ މޮޅު ސިނަމެޓޮގްރަފީގެ އެވޯޑް ހިމެނެއެވެ. ކްރިޓިކްސް އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑް ހާސިލްކުރީ، ޓޮޑް ފީލްޑްގެ “ޓާ” އެވެ.
1935 ވަނަ އަހަރު އުފެދުނު ނިއު ޔޯކް ފިލްމް ކްރިޓިކްސް ސާރކަލް އަކީ އެމެރިކާގެ އެންމެ ދުވަސްވީ ކްރިޓިކްސް ގްރޫޕެވެ. މި އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ބާއްވާ ހާއްސަ ޑިނަރ ނައިޓެއްގައެވެ.
ކްރިޓިކްސް އެވޯޑް ހާސިްލްކުރި ފަރާތްތައް:
ބެސްޓް ފިލްމު: "ކިލާޒް އޮފް ދަ ފްލާވާ މޫން"
ބެސްޓް ޑައިރެކްޓަރ: ކްރިސްޓޮފާ ނޮލަން، "އޮޕަންހައިމާ"
ބެސްޓް އެކްޓްރެސް: ލިލީ ގޯލްޑްސްޓޯން، "ކިލާޒް އޮފް ދަ ފްލާވާ މޫން"
ބެސްޓް އެކްޓަރ: ފްރޭންޒް ރޮގޯސްކީ، "ޕެސޭޖަސް"
ބެސްޓް އިންޓަނޭޝަނަލް ފިލްމު: "އެނަޓޮމީ އޮފް އަ ފޯލް"
ބެސްޓް ސަޕޯޓިންގ އެކްޓްރެސް: ޑަ ވީން ޖޯއީ ރެންޑޮލްފް، "ދަ ހޯލްޑްއޯވާސް"
ބެސްޓް ސަޕޯޓިންގ އެކްޓަރ: ޗާލްސް މެލްޓަން، "މޭ ޑިސެމްބަރ"
ބެސްޓް ސްކްރީންޕްލޭ: "މޭ ޑިސެމްބަރ"
ބެސްޓް ސިނަމެޓޮގްރަފީ: ހޮއިޓް ވެން ހޮއިޓެމާ، "އޮޕަންހައިމާ"
ބެސްޓް ފަސްޓް ފިލްމު: "ޕާސްޓް ލައިވްސް"
ބެސްޓް އެނިމޭޓެޑް ފިލްމު: "ދަ ބޯއީ އެންޑް ދަ ހެރޮން"
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން