އިންޑިއާގެ ފުރަތަމަ ފީލްޑް މާޝަލް ސޭމް މަނެކްޝޯގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށްވާ "ސޭމް ބަހާދުރް" ގައި ސޭމް ބަހާދުރުގެ  ރޯލުން ފެނިގެންދާ ވިކީ ކައުޝަލަށް ވަނީ ގިނަބަޔެއް ގެ ތައުރީފު ލިބެންފަށާފައިއެވެ.

މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމު މިއަދު ސިނަމާތަކަށް އައިސް ފައިވާ އިރު އަބިޝެކް ބައްޗަން، ކެޓްރީނާ ކައިފް، ކަރަން ޖޯހަރު، އަދި ސާރާ އަލީ ޚާން ފަދަ ފާހަގަކޮށްލެވޭ ފަންނާނުން ވަނީ ވިކީގެ މި ތަފާތު ޕާފޯމަންސަށް ތައުރީފުކޮށްފަ އެވެ.

ދާދި ފަހުން އަރްޖުން ކަޕޫރު ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވިކީ އާއި ޑައިރެކްޓަރާއި މުޅި ކާސްޓުންގެ ފާހަގަކޮށްލެވޭ މޮޅު ފިލްމެއް ގެނެސް ދީފައި ވާތީ އެކަން ފާހަގަ ކޮށް ޕޯސްޓެއް ސެއާރ ކޮށްފައެވެ.

ފިލްމަށް ތައުރީފު ކުރަމުން އަރްޖުން ލިޔެފައިވަނީ މި ފިލްމަކީ ވަރަށް ވެސް ތަފާތު މޮޅު ފިލްމެއް ކަމަށާއި މި ފިލްމުގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަސްލާއި ވަރަށްވެސް ގުޅޭގޮތަށް ކަމަށާއި މި ކަމުގެ ސަބަބުން އޭނާއަށް ވަރަށް ވެސް ބޮޑަށް ތައުރީފް ހައްގުކަމަށެވެ.

އޭނާގެ ޕޯސްޓު ގައި އޭނާ ވަނީ ވިކީ ގެ މޮޅު އެކްޓިންއަށްވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނި ގޮތުގައި މި ކަހަލަ ކެރެކްޓާއެއް އެންމެ ފުރިހަމަ ގޮތުގައި ފިލްމަކުން ގެނެސް ދިނުމަކީ ކޮންމެ މީހަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް ވިކީ ވަނީ މީގެ ކުރިންވެސް ހަމަ މިކަހަލަ އެތަށް ފިލްމެއް ހަމަ އެންމެ ފުރިހަމަ ގޮތުގައި ގެނެސް ދީފައި ކަމަށެވެ. 

އަދި އޭނާ މި ފިލްމުގައި ވިކީ ގެ އެކްޓިން ވަރަށް ތަފާތުކަމަށް ފާހަގަ ކޮށްފައިވެއެވެ. އޭނާ ވަނީ މި ފިލްމު މިހާ ފުރިހަމަ ވުމުގައި މިފިލްމުގައި ދެން ހަރަކާތްތެރިވާ ދެ ތަރިން ކަމުގައި ވާ ފާތިމާ ސަނާ ސޭހް އާއި ސަންޔާ މަލްހޯތްރާ ގެ ރޯލް ވެސް ވަރަށް ބޮޑުކަން ފާހަގަކޮށް ދެ ތަރިންނަށް ވެސް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.