ފަރުހާން އަޚްތަރުގެ ފްރެންޗައިޒްގެ މަޝްހޫރު ރޯލާ ހަވާލުވެ، އާ ޑޮންގެ މަގާމާއި މިއަހަރުގެ ކުރީކޮޅު ރަންވީރު ސިންގް ހަވާލު ވުމާއި ގުޅިގެން ވަނީ ގިނަބަޔަކު ވަނީ މިފިލްމު ބަލާލަން ކެތްމަދުވެފައެވެ.
"ޑޮން" ގެ ފިލްމު ސިލްސިލާގެ ތިން ވަނަ އިންސްޓޯލްމަންޓް އިއުލާން ކުރުމުން އެންމެ ގިނަބަޔަކު ކުރަން ބޭނުންވީ ސުވާލަކީ ރަންވީރު އަށް ޝާހްރުކް ޚާން އަދި އަމީތާބް ބައްޗަން އަދާ ކުރިހާ މޮޅަށް އެ ރޯލް އަދާ ކުރެވޭނެ ބާއްވައެވެ؟
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަންވީރު ވަނީ މިފަދަ މޮޅެތި އެކްޓަރުންގެ ލެގަސީ ކުރިއަށް ގެންދިއުމުގެ ބަރުދަނާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާގެ ކާސްޓިންގ އާއި ގުޅިގެން އުފެދިފައިވާ ޝައްކުތަކަށް ހައްލެއް ހޯދުމަށް އޭނާ ވަނީ ޖޭމްސް ބޮންޑް ފްރެންޗައިޒް އާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
މި އިންޓަވިއުގައި ރަންވީރު ވަނީ ކުރިއަށް އޮތް ފިލްމު "ޑޮން 3" ގައި އޭނާ ކުޅޭ ރޯލާ ބެހޭ ގޮތުން ހުރިހާ ކަމެއް ހާމަކޮށްދީ، އޭނާގެ ކެރެކްޓަރު އަމިއްލައަށް ހަދަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެ ތަޖުރިބާއަކީ ހިންދީ ސިނަމާގެ އެންމެ ލޯބި ލިބިފައިވާ އަދި އެންމެ މަގްބޫލް އެއް ފްރެންޗައިޒްގެ "ބެޓަން ހަވާލުކުރުން" ކަމަށް ބުނެ ރަންވީރު ވަނީ މިފަދަ އައިކޮނިކް ރޯލެއް އަދާކުރުމުގެ ބަރުދަނާއި މުހިންމުކަން ގަބޫލުކުރާ ކަމަށް ބުނެފައެވެ.
އެ އިންޓަވިއުގެ ތެރޭގައި ރަންވީރު، "ޑޮން "3 ގެ އިއުލާން ކުރިއިރު އޭނާގެ ކާސްޓިން އާއި ބެހޭ ގޮތުން އުފެދުނު ޝައްކުތަކާއި ބެހޭގޮތުން ފަސްނުޖެހި ވާހަކަ ދައްކާފައެވެ. އުންމީދު ކުރެވޭ ޝައްކުތައް ގަބޫލުކުރާ ކަމަށާއި ނަމަވެސް އޭނާގެ ފަރާތުންވެސް މި ރޯލުން އާންމުން ޤަބޫލުކުރާނެ ފަދަ އެކްޓިންގް އެއް ފެނިގެން ދާނެކަމަށް އޭނާ ބުނެއެވެ. އޭނާ ބުނި ގޮތުގައި ފްރެންޗައިޒްތަކުގައި ކާސްޓުން ބަދަލުވުމަކީ އާންމުކަމެއް ކަމަށާއި އެ ގޮތުން ވަރަށް ފަހުން ޖޭމްސް ބޮންޑު ފްރެންޗައިޒް އިން ވަނީ ޑެނިއަލް ކްރެއިގް ފެނިގެން ގޮސްފައިވާކަން އޭނާ ވަނީ ބުނެފައެވެ.
ރަންވީރު ވާހަކަ ނިންމާލީ ޑޮންގެ އައިކޮނިކް ކެރެކްޓާ ދައްކުވައިދިނުމުގައި އެއަށް އޭނާގެ އެންމެ ފުރިހަމަ ދޭނެ ކަމަށް ވައުދުވެގެންނެވެ. އޭނާ އިތުރަށް ބުނީ ބެލުންތެރިން ބޭނުންވާ ފަދަ ކެރެކްޓާއެއް ގެނެސްދޭން އޭނާ އަށް ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު ކުރަމުންދާ ކަމަށާއި ބެލުންތެރިން މާޔޫސް ވިޔަ ނުދޭނެ ކަމަށެވެ.
ގިނަ ބަޔެއްގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ލިބެން އަދި ދުވަސްކޮޅެއް އެބައޮތް ކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ހާމަކުރެއެވެ. ސަބަބަކީ "ޑޮން 3" ގެ ޝޫޓިންގ ފެށޭނީ 2025 ވަނަ އަހަރުގައި ކަމަށާއި އަދި މި ފިލްމުގެ އަންހެންތަރި އިޢްލާންކުރުން އޮތުމުން ކަމުގައި މީޑިޔާތަކުން މައުލޫމާތު ދެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން