ދިވެހި ފިލްމީ ދާއިރާގެ ތަރިންގެ ތެރެއިން ރަންޒަމާންތަކުގެ ލަވަތަކު ގެ އަޑު އިވޭއިރު އެލަވަތަކަށް ފުރިހަމަ އެކްޓިންއެއް ކުޅަދާނަ ނެށުންތަކާއި އެކު ގެނެސް ދީފައިވާ އެއްތަރިއަކީ އިސްމާޢީލް ވަޖީހްއެވެ. 

"ހޯދަމަ ހޯދާ" , "ވާރޭގެ ޕަރީ" , "ބުނީ ފާޅުގާ" އަދި "ގޮވާލީ ކާކުކާކް" ފަދަ އެތައް ލަވަތަކަކުން ގިނަބައެއްގެ މަގުބޫލްކަން ހޯދި ވަޖީހް އަކީ އެކްޓިންގ އަދި ނެށުމުގެ ދާއިރާގައި ފުންނާބުއުސް ތަޖުރިބާކާރު އަދި ގިނަ ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްފައިވާ ކުޅަދާނަ ފަންނާނެކެވެ. 

ޑާކްރެއިންގެ ފިލްމް "ނޮވެމްބަރ"ގެ ޕްރިމިއަރ ނައިޓްގައި ވަޖީހްވަނީ ދިވެހި ވަންތަ ހެދުމެއްގައި ހުރެ "ހޯދަމަ ހޯދާ" އަށް ލައިވް ހުށައެޅުމެއް ހުށައަޅާދެއްވާފައެވެ. 

މި ހުށައެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ވަޖީހު ވަނީ ސަޕޯޓަރުންގެ ހިތްތައް  ފަތަހަ ކޮށްފައެވެ.