އަނުޝްކާ ޝަރްމާ އާއި ވިރާތު ކޯލީ އަށް މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ވަނީ ދެވަނަ ދަރިފުޅު ލިބިފައެވެ.

މި ދެތަރިން ފިރިހެން ކުއްޖަކަށް މަރުހަބާ ކިޔާފައިވާކަން ހާމަކޮށް، އެ ދަރިފުޅަށް ދީފައިވާ ނަމަކީ "އަކައި" ކަން ވަނީ ބުނެފައެވެ. އެ ދެމަފިރިން ސޯޝަލް މީޑިއާގައި އެއްގޮތް ޕޯސްޓްތަކެއް ހިއްސާކޮށްފައިވާއިރު، "ފުރިހަމަ އުފަލާއި ލޯބިން ފުރިފައިވާ ހިތްތަކާއެކު، 15 ފެބްރުއަރީގައި އަހަރެމެންގެ ތުއްތު ފިރިހެން ކުއްޖާ އަކާއީ، ވަމީކާގެ ކުޑަ ކޮއްކޮ މި ދުނިޔެއަށް މަރުހަބާ ކިޔާފައިވާކަން އެންމެންނަށް އަންގަން އަދި އެކަމާ އުފާކުރަން. ތިޔަބޭފުޅުންގެ ބްލެސިންގް އެދެމެވެ." އަދި އަޅުގަނޑުމެންގެ ހަޔާތުގެ މި އުފާވެރި ދުވަހުގެ ހެޔޮއެދުންތައް ހިއްސާކުރަން އަދި. މިވަގުތު އަޅުގަނޑުމެންގެ ޕްރައިވެސީއަށް އިޙްތިރާމް ކުރުމަށް ވަރަށް ބޮޑަށް އެދެން. ލޯތްބާއި ޝުކުރު، ވިރާތު އަދި އަނުޝްކާ." މިހެން ލިޔެފައިވެއެވެ.

އަނުޝްކާގެ ޕޯސްޓުގެ ކޮމެންޓް ތްރެޑް ވަގުތުން ފުރިގެން ދިޔައީ ރައްޓެހިންގެ މެސެޖުތަކަކާ އެކުގަ އެވެ. "ވަރަށް ރީތި، މަރުހަބާ،" އާލިއާ ބަޓް ލިޔެފައިވެ އެވެ. ރަންވީރު ސިންގް ދޫކޮށްލީ ހިތްތަކާއި ލޮލެއްގެ އީމޯޖީއެކެވެ. ޝްވެތާ ބައްޗަން "މަރުހަބާ" ކޮމެންޓް ކޮށްފައިވާ އިރު  ސޯނަމް ކަޕޫރު ވެސް ވަނީ މަރުހަބާ ލިޔެފައެވެ. "ގޯޑް ބްލެސް" ޖެހުމަށްފަހު ރަކުލް ޕްރީތު ސިންގް ވެސް ވަނީ ކޮމެންޓް ކޮށްފަ އެވެ.

މިހާރު އިންޑިއާގައި އިންގްލެންޑާ ދެކޮޅަށް ކުޅެމުންދާ ޓެސްޓް ސީރީޒްގައި އަމިއްލަ ސަބަބަކާހުރެ ނުކުޅެން ނިންމި ވިރާތު، އޭނާ އާއި އަނުޝްކާގެ ދެވަނަ ދަރިފުޅަކަށް އުއްމީދުކުރާ ކަމަށް އަޑު ފެތުރުނީ ޗުއްޓީއެއްގައި ހުއްޓައެވެ. ބަލިވެއިންކަން އެނގޭނެ ފަދަ އެއްވެސް އިއުލާނެއް އެ ދެމަފިރިން ނުކުރި ނަމަވެސް ވިރާތުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ، ދެކުނު އެފްރިކާގެ ކްރިކެޓް ލެޖެންޑް، އޭބީ ޑި ވިލިއާސް ވަނީ ތުއްތު ކުއްޖަކު ލިބެން އުޅޭކަން ހާމަކޮށް، ފަހުން އޭނާ ބުނި އެއްޗެއް އަނބުރާ ގެންގޮސްފަ އެވެ. 

ދާދި ފަހުން އިންޑަސްޓްރިއަލިސްޓް ހަރްޝް ގޮއެންކާ އެކްސްގައި ލިޔެފައި ވަނީ "ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްޖަކު އުފަންވާނެ ކަމަށް! އުންމީދު ކުރަން ދަރިފުޅު އިންޑިއާ އެންމެ މޮޅު ކްރިކެޓް ބައްޕަ ފަދައިން ބޮޑު އުސްމިނަކަށް ގެންދާނެ ކަމަށް. ނުވަތަ މަންމަގެ ފަހަތުން ގޮސް ފިލްމީ ތަރިއަކަށް ވާނެ ހެއްޔެވެ؟" #މެޑްއިންއިންޑިއާ #ޓޫބީބޯންއިންލަންޑަން.". މިހެންނެވެ.