ޅެންވެރިކަމުގެ ޣަޒާލް ފޯމްގެ އެކްސްޕޮނޭންޓެއްގެ ގޮތުގައި މަޝްހޫރު އިންޑިއާގެ ލަވަކިޔުންތެރިޔާ ޕަންކަޖް އުދާސް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު މަރުވެއްޖެ އެވެ.

އޭނާ މަރުވިއިރު އުމުރަކީ 72 އަހަރެވެ. އޭނާ މަރުވެފައިވަނީ އިންޑިއާގެ މުމްބާއީގައެވެ.

ޕަންކަޖް އުދާސްގެ ދަރިފުޅު ނަވާބް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މިކަން ކަށަވަރު ކޮށްދީފައެވެ.

އުދާސްގެ މިއުޒިކް ހަޔާތް ފެށުނީ 1980 ވަނަ އަހަރު ރިލީޒް ކުރެވުނު އާހަޓް އަލްބަމުންނެވެ.މީގެ އިތުރުން މައްޝޫރު ވެގެން ދިޔަ ގިނަ ލަވަތަކެއް އޭނާ ވަނީ ރިލީޒްކޮށްފައެވެ. 

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައިވެސް ޕަންކަޖް އުދާސްގ ލަވަތައް ވަރަށް މައްޝޫރެވެ.