ދަތުރުގޮއްސަ ނުވަތަ ރޭގަނޑު ދަންވަރު ކުއްލިއަކަށް ބަނޑުހައިވެގެންވެސް އެންމެ ގިނައިން ކައްކާ އެއްބާވަތަކީ ނޫޑްލްސްއެވެ. ދިވެހީންގެ ރަސްމީބަހުންނަމަ "ނޫޑްލްސް ގަނޑެކެވެ". ވަޅޯމަސްއަޅައިގެން ކުޅިކޮށް ނޫޑްލްސް ކެއްކުމަކީ އާއިލާ އަދި އެކުވެރިންގެ ބައްދަލުވުންތަކުގައި ފޫހިފިލުވާ މަޖާކޮށްލަންވެސް ކައްކާއުޅޭ އެއްޗެކެވެ. މިފަހަރުގެ މިކިޔައިދެނީ މިހެން ކައްކާލަން މީރު ރެސިޕީއެކެވެ.  އަދި މިރެސިޕީގެ ޙާއްސަކަމަކީ ގޭގަ ހުރިނަމަ ހުރިހާ ސޯސްއެކެވެ.

މަމީ ނޫޑްލްސް ބޭނުން އަދަދަކަށް ކެނޑުމަށްފަހު ބޮޑު ތައްޓަކަށް އަޅާ އޭގެތެރެއަށް ސޫޕް ޕެކެޓްތައް އަޅާލާށެވެ. އަދި ހޫނުފެން އޭގެތެރެއަށް އެޅުމަށްފަހު ނޫޑްލްތައް މާބޮޑަށް ޗަސްނުވަނީސް ފެންގަނޑު އުކާލާށެވެ. އެއަށްފަހު ތެއްޔެއްގެ ތެރެއަށް ފިޔާ ، ހިކަންދިފަތް ، ލޮނުމެދު އަދި މިރުސް ކޮށާލުމަށްފަހު ތެޔޮ އަޅާއިގެން ފިޔާކޮޅު ފްރައި ކޮށްލާށެވެ. ފިޔާކޮޅު ރަނގަޅަށް ފްރައި ވުމުން ވަޅޯމަސް އަޅައިގެނއް މަސްކޮޅު ފްރައިވަންދެން ކައްކާށެވެ. އެއަށްފަހު ސޯޔާސޯސް ، ޓޮމާޓޯ ޕޭސްޓް ، އޮއިސްޓަރ ސޯސް ، ޗިލީ ގާރލިކްސޯސް އަދި ޓޮމާޓޯ ސޯސް ކޮޅެއް ނޫޑްލްސް އަށް އެކަށީގެންވާ ވަރަށް އެޅުމަށްފަހު ކައްކާލާށެވެ. ސޯސް ގަނޑުގެ ތެރެއަށް މުގުރި އަސޭމިރުސް ކޮޅަކާއި ތެޅިމިރުސް ކޮޅެއް އަޅާލާށެވެ. އިތުރަށް ކުޅިކުރަން ބޭނުން ވަނީނަމަ ގިތެޔޮ މިރުހެއް ކޮށާލާފަ އަޅާލާށެވެ. 

ސޯސްގަޏޑު ތައްޔާރުވުމުން ނޫޑްލް ސޯސް ތެރެއަށްއަޅާލާފަ އެއްކޮށްލާށެވެ. ގަދަ ގިނީގައި ނޫޑްލްސް ގަނޑު ފްރައިވަންދެން އެއްކޮށްލާށެވެ. ލޮނުރަހަ ހެޔޮވަރުކޮށްލުމަށްފަހު ބޭނުންނަމަ އަޖިނަމޮޓޯކޮޅެއް އެޅިދާނެއެވެ. ތައްޓަށް ސަރވް ކުރުމަށްފަހު ބިސްގަނޑެއް އަޅާފަ ނޫޑްލްސް އާއިއެކު ކެވިދާނެއެވެ. 

މިއީ ވަރަށް މީރު ގިނަ ދިވެހީންނަށް ކަމުދާނެ ކެއުމެކެވެ. ދިވެހީންނާއި މަމީ ނޫޑްލްސް އަކީ އެތައް އަަހަރެއްވީ ފަނޑުނުވާ ގުޅުމެކެވެ.