ކޮފީ އަކީ މުޅި ދުނިޔޭގައި މަޝްހޫރު ބުއިމެކެވެ. އެތައް މިލިޔަންބަޔަކު ކޮފީ ބޮއެ ހަދާއިރު، ކޮފީގައި އެއްމެ ގިނައިން ހުންނަ އެއް މާއްދާ އަކީ ކެފެއިން އެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑަށް އެ ކިބޭ ހިތްހަމަޖެހުމަކާއި ލުއިކަމެެއްގެ ދަހިވެތިކަމުގައި ގިނަ ބަޔަކު ކޮފީ ބޮއެ ހަދާއިރު، އަނެއްބަޔަކު ކޮފީ ބޮއެ ހަދަނީ "ފެޝަނެއް" ކަމުގައި ހަދައިގެންނެވެ.

މިހާ ގިނަ ބަޔަކު ކޮފީ ބޮއެ ހަދާއިރު، ކޮފީ އަކީ އޭގައި "ޑަޔޫރެޓިކް" އަސަރު އެކުލެވިގެންވާ ބުއިމެއްކަން އެނގެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށްބާވައެވެ؟ "ޑަޔޫރެޓިކް" އަސަރަކީ އެކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތި ގިނައިން އުފައްދާ، އަވަސް އަވަހަށް ކުޑަކަމުދަވާ އަސަރެކެވެ.

ކެފެއިންގައި ހުންނަ މި އަަސަރުގެ ސަބަބުން ގުރުދާތަކުގައި ހުންނަ "ހޮޅިތައް" ހަރަކާތްތެރި ކުރުވާ އޭގެ މަސައްކަތް އަވަސްކޮށްދިނުމަށް އެހީތެރިވެދެއެވެ. ނަތީޖާއަކަށް ވަނީ ގުރުދާގެ ތެރެއިން ފުރޭނިގެން އަންނަ ކުޑަކަމުދާ ތަކެތީގެ މިންވަރު އިތުރުވެ، މަސާނާއަށް އެޅޭ މިންވަރު ގިނަވެ، މަސާނާ އަވަހަށް ފުރެމުން ދިޔުމެވެ. މަސާނާއަށް ގިނައިން ކުޑަކަމުދާ ތަކެތި އެޅުމުގެ ނަތީޖާއަކީ އަވަސް އަވަހަށް ކުޑަކަމު ދެވުމެވެ.

ކޮފީގައި ހުންނަ ކެފެއިންގައި މި ހުންނަ "ޑަޔޫރެޓިކް" ގެ އަސަރު އެކި މީހުންނަށްކުރާނީ އެކި މިންވަރަށެވެ. އަދި މިއީ ދިގުމުއްދަތަކަށް ދެމިގެންދާ އަސަރެއްވެސް ނޫނެވެ.

 

ހަވާލާ: ގްރަންޖީން - ސައިކޮލޮޖީ އޮފް އެޑިކްޝަން