ލޯބީގެ ސަރުބަތަކީ ކަރާ ބޭނުންކޮށްގެން ތައްޔާރުކުރާ ހަށިގަނޑު ފިނިކޮށްލަދޭ މީރު ބުއިމެކވެ.

ލޯބީގެ ސަރުބަތު ތައްޔާރުކުރަން ބޭނުންވާނީ 

2 ތަށި އައިސްކިއުބް

3 ސަމްސާ ރޯސް ސިރަޕް

1 ލިޓަރ ފުލްކްރީމް މިލްކް

1/2 ކަރާ

2 ސައިސަމްސާ ރޯސްވޯޓަރ

އައިސްކިއުބް އެއްޗަކަށް އެޅުމަށްފަހު އޭގެތެރެއަށް ރޯސް ސިރަޕްކޮޅު އަޅާލާށެވެ. އެއަށްފަހު ފުލްކްރީމް މިލްކް ޕެކެޓް އެޅުމަށްފަހު ސަމްސަލަކުން ގިރާލާށެވެ. ދެން ރޯޒްވޯޓަރ އެޅުމަށްފަހު ކަރާ ކުދިކުދި ކޮށް ކިއުބްކޮށް ކޮށާލާފަ އަޅާށެވެ.

ފިނިކޮށްލައިގެން ރޯދައަށް ހުންނައިރުވެސް މިބުއިމަކީ ކަރުހިއްކުން ފިލުވައިދޭ ހަށިގަނޑަށް ފިނިކަމާއި ފައިދާ ގެނެސްދޭ ބުއިމެކެވެ.