ދުޅަހެޔޮ ސިއްޙަތަކަށްޓަކައި، ކެއުމުގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމަނަން ޖެހޭކަން އެންމެންވެސް ދަންނާނެއެވެ. އެއީ މޭވާއާއި ތަރުކާރީގައި ހިމެނޭ ހަށިގަނޑަށް ފައިދާ ހުރި މާއްދާތަކުގެ ސަބަބުންނެވެ. ނަމަވެސް، ތިރީގައި މި ހިމަނައިލާ ތަކެތި ކާން ޖެހޭ ވަކި ގޮތެއް އޮންނަކަން އެނގޭހެއްޔެވެ؟ އެ އެއްޗެހީގެ އެންމެ ފުރިހަމަ ފައިދާ ހަށިގަނޑަށް ލިބޭނީ އޭރުންނެވެ.

 

1. ކިވީ

ކިވީ އަކީ ހުތް ފޮނި ރަހައެއް ލާ މޭވާއެކެވެ. އަދި ގިނަ މީހުން މި މޭވާ ކަނީ ބޭރުގައި އިންނަ ތޮށިގަނޑު މަށައިލުމަށް ފަހުގައެވެ. ނަމަވެސް، ކިވީގައި ހިމެނޭ ފައިބާ، ފޯލޭޓް އަދި ވިޓަމިން އީ އެންމެ ހެޔޮގޮތުގައި ހަށިގަނޑަށް ފޯރާނީ ތޮށްޓާ އެކީގައި ކެއުމުން ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ.

 

2. ޓޮމާޓޯ

ރޯ ޓޮމާޓޯ ކައްކައިގެން ކެއުމުގެ ބަދަލުގައި، އާއްމުކޮށް ކައި އުޅެނީ ހުރި ގޮތަށެވެ. ނަމަވެސް، ޓޮމާޓޯގައި ހިމެނޭ ލައިކޮޕިން ފަދަ މާއްދާތައް އެންމެ ފުރިހަމައަށް ހަށިގަނޑަށް ލިބޭނީ ކައްކައިގެން ކެއުމުންނެވެ. ލައިކޮޕިން އަކީ ޓިއުމާއާއި ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ މާއްދާއެކެވެ. ޓޮމާޓޯ ކެއްކުމުން މި މާއްދާ އިތުރުވެގެންދެއެވެ.

 

3. ބްރޮކޮލީ

ބްރޮކޮލީ ކައި އުޅެނީ ފެނު ކައްކައިގެން ހެއްޔެވެ؟ އެހެންވެއްޖެ ނަމަ، އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ، ބްރޮކޮލީގައި ހިމެނޭ ވިޓަމިން ސީ، ކްލޮރޮފީލް، އެންޓި އޮކްސިޑެންޓްސް އަދި ކެންސަރާ ދުރުކޮށްދޭ މާއްދާތައް، ފެނުކެއްކުމުގެ ސަބަބުން ގެއްލޭތީއެވެ. ވީމާ ބްރޮކޮލީ ކާން ޖެހޭނީ ރޯ ކޮށެވެ. ނުވަތަ ފެނު ނުކައްކައި، ކުޑަކޮށް ހޫނުކޮށްލައިގެން ވެސް ކެވިދާނެއެވެ.

 

4. ލޮނުމެދު

ލޮނެމެދުގައި އެލިސިން ކިޔާ އެންޒައިމް އެއް ހިމެނެއެވެ. އެލިސިން އަކީ ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭ މާއްދާއެކެވެ. ނަމަވެސް މި މާއްދާގެ ބާރު އެންމެ ގަދަވާނީ، ލޮނުމެދު ބޭރުގައި ބެހެއްޓުމުންނެވެ. އެހެންކަމުން، ކާން ބޭނުންކުރުމުގެ ކުރިން ލޮނުމެދު ކޮށާފައި މަތިނުޖަހާ 10 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ކައްކައިގެން ނުވަތަ ހުހާ ވެސް ކެވިދާނެއެވެ.