ބުކޯ ޕައި (ފިލިޕީންސް ކޮކޯނަޓް ޕައި) އަކީ ފިލިޕީންސްގައި މަޝްހޫރު އަދި އެގައުމުގެ މީހުން ލޯބިވާ ޑެސަރޓެކެވެ. ބުކޯ އަކީ ފިލިޕީންސް ބަހުން ގަބުޅިއަށް ކިޔާ ލަފުޒެއް ކަމަށާއި، ލަފާކުރެވޭ ގޮތުގައި ބުކޯ ޕައި އަކީ މަޑު ގަބުޅި ބޭނުންކޮށްގެން ތައްޔާރުކުރާ ޕައި އެކެވެ.

ސެމީ ސްވީޓް ކަސްޓަޑް ފިލިންގް އެއްގައި ގަބުޅި އެކުލެވިފައިވާއިރު، އެ ހުރިހާ އެއްޗެއް ވެސް ވަށާލާފައި ވަނީ މަޑު ބަޓަރީ ޕޭސްޓްރީއެއްގައެވެ. މިއީ މަޑުމަޑު ކާށި ރަހައެއް ލިބިފައިވާ އެއްޗެއް ކަމަށާއި، ގޭގައި ހަދާ ޕައިގެ އާދަޔާ ހިލާފު ރަހައަށް އަށް އުފާވެރި ޓްރޮޕިކަލް ޓްވިސްޓެއް ގެނެސްދޭ އެއްޗެކެވެ.

ބުކޯ ޕައި އަކީ ލޯކަލް ކެއުންތަކުގައި ހާއްސަ އެއްޗެއް ކަމަށާއި، މިއީ ދަތުރުކުރުމަށް ފަހު ރައްޓެހިންނާއި އާއިލާއަށް ދޭ ފިލިޕީންސްގެ ސަގާފީ ހަދިޔާ ނުވަތަ ހަނދާނީ އެއްޗެއް ކަމަށްވާ މަޝްހޫރު ޕަސަލޫބޮންގް އެވެ. ދަތުރުވެރިން ގިނަ ފަހަރަށް މަގުމަތީގައި ހުންނަ ސްޓޯލްތަކާއި ފިހާރަތަކަށް މަޑުކޮށްލާފައި ގެއަށް ގެންނަން މި މީރު ޕައިތައް ގަނެ އެވެ. މި ޑެސަރޓަކީ ހަމައެކަނި ޕައިއެއް ނޫނެވެ. އެއީ ފިލިޕީންސްގެ ސަގާފަތާއި، މުޖުތަމަޢާއި، މެހެމާންދާރީގެ ސްލައިސެކެވެ.

ބޭނުންވާ ތަކެތި
1  ބަޓަރ ޕައި ކްރަސްޓް
4 ތަށި ގަބުޅި ގާނާފަ (400ގ)
3/4 ތަށި ހަކުރު (150ގ)
1 ދަޅު (13.5 އޯޒް/400ގ) ފުލް ފެޓް ކާށިކިރު
1/3 ތަށި ކޮރންސްޓާޗް
2 ސައިސަމުސާ ވެނީލާ އެސެންސް
1/8 ސައިސަމުސާ ލޮނު

 

ތައްޔާރުކުރާނެ ގޮތް

ގަބުޅި ތުނިކޮށް ކޮށާލާށެވެ 
ސޯސްޕަން އެއްގައި ހަކުރު، ކާށިކިރު، އަދި ކޮރންސްޓާޗް އެއްކޮށް ގިރާލާށެވެ. ރަނގަޅަށް އެއްކޮށް ނިމުމުން އުނދުން މައްޗަށް ލާފައި ކައްކާލާށެވެ. ބޮކިޖަހާފަ ކެކެން ފެށުމުން އުނދުން ނިއްވާލާށެވެ. ގަބުޅީ، ވެނީލާ، އަދި ލޮނު އެއްކޮށް ލުމަށްފަހު ތަވާ ހިހޫ ކޮށްލުމަށް އައިސް ބާތަކަށް ލާށެވެ.
އަވަން 350 ޑިގްރީ ފެރެންހައިޓްގައި ހޫނުކޮށްލާށެވެ.
ހުސް ފުށް ކޮޅެއް ބޭނުންކޮށްގެން ޕައި ކްރަސްޓް ވަށްކޮށް ރޯލްކޮށްލާފައި 9 އިންޗީގެ ޕައި ޕެން އެއް ނިވާވާ ވަރަށް ބޮޑުވާންދެން ރޯލް ކޮށްލާށެވެ. ބާކީ ހުރި ފުށްގަނޑު ފްރިޖުގައި ބަހައްޓާށެވެ. އަދި ރޯލް ކުރި ފުށް ޕައި ތަށީގައި ބާއްވާލާށެވެ.
ދެފަރާތުން އިތުރުވެފައިވާ ފުށްތައް ކަފާލާށެވެ.
ފިނިކޮށްފައި ހުރި ކާށި ފިލްނިންގ ތަށީ ތެރެއަށް އަޅާލާށެވެ.
ކުރިން ފްރިޖަށްލީ ބާކީ ހުރި ފުށްގަނޑު ގާތްގަނޑަކަށް 3 ކްރެޑިޓް ކާޑުގެ ބޯމިނާއި ޕައިއަށްވުރެ ތަންކޮޅެއް ފުޅާކޮށް ރޯލް ކޮށްލާށެވެ.
ކުޑަ ކުކީ ކަޓަރެއް ނުވަތަ ޕެރިންގ ނައިފް ބޭނުންކޮށްގެން ޕައި ޑޯގައި ވެންޓް ހޯލްތައް ކަނޑާލާށެވެ. ވައިދައުރުކުރުވުމަށް ޓަކައެވެ.
ޕައި ކްރަސްޓްގެ އަރިމަތީގައި ވަރަށް ތުނި ކޮށް ފެން ފޮދެއް ބުރުހަކުން ހާކާލާށެވެ. ޕައިގެ މައްޗަށް ފުއްގަނޑު ބޭެްވުމަށްފަހު ބަންދު ކޮށްލާށެވެ.
ޕައިގެ މަތީގައި ފިއްސަކުން ކުޑަ ހަކުރު ކޮޅެއް ފެނާއި އެކު  އުނގުޅާލާށެވެ.
އަވަނުގައި ބަހައްޓައިގެން ގާތްގަނޑަކަށް 50-60 މިނެޓް ނުވަތަ ޕައި ފުށް ރޯ ފިލަންދެން ފިހެލާށެވެ.