ޗޮކުލެޓު ޑަންޕް ކޭކަކީ ވަރަށް ކުޑަ މަސައްކަތަކުން ހަދާލެވޭނެ ފަސޭހަ ކޭކެކެވެ. މި ކޭކު ހަދަން ބޭނުން ވާނީ 4 އެެއްޗެކެވެ. ޗޮކުލެޓު ހިމެނޭ ފޮނި އެއްޗެހި ކާ ހިތްވާ މީހުންނަށް މިއީ ވަރަށްކަމުދާ ރެސިޕީއަކަށް ވެގެން ދާނެއެވެ.
ޗޮކުލެޓު ޑަންޕް ކޭކު ހަދަން ބޭނުންވާ ތަކެތި:
1 ފޮށި ޗޮކުލެޓު ކޭކު މިކްސް
1 ޕެކެޓު އިންސްޓަންޓް ޗޮކުލެޓު ޕުޑިންގް މިކްސް
2 ޖޯޑު ޗޮކުލެޓު ޗިޕްސް
2 ޖޯޑު ފުލް ކްރީމް ކިރު
ޗޮކުލެޓު ޑަންޕް ކޭކު ތައްޔާރު ކުރާ ގޮތް:
1. 180 ޑިގްރީ ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާފައި ކޭކު ފިހާ ޓްރޭ ރެޑީ ކޮށްލާނީ.
2. ކޭކު މިކްސް ޕެކެޓު އެއްވަރަކަށް ޓްރޭގައި ފަތުރާލާނީ
3. ކޭކު މިކްސްގެ މައްޗަށް ޕުޑިންގް މިކްސް ކޮޅު އަޅާލާފައި 1-3/4 ޖޯޑު ޗޮކުލެޓު ޗިޕްސް އަޅާލާނީ.
4. ޗޮކުލެޓު ޗިޕްސް ލެޔާރ މައްޗަށް ކިރު ކޮޅު އަޅާލުމަށް ފަހުގައި ހުރިހާ އެއްޗެއް އެއްކޮން ހާކާލާނީ.
5. ބާކީ ހުރި ޗޮކުލެޓު ޗިޕްސް ކޮޅު މައްޗަށް އަޅާލާފައި 35-40 މިނެޓު ވަންދެން ފިހެލާނީ.
މި ކޭކު ކާއިރު އައިސް ކްރީމްއާއި އެކީ ކެއުމުން އިތުރަށް ރަހަ މީރުވާނެއެވެ. އަދި ޗޮކުލެޓު ޗިޕްސްގެ ބަދަލުގައި އެހެން އެއްޗެހިވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް އެމް އެންޑް އެމްސް، އެކި ކަހަލަ ނަޓްސް އަދި އޯރިއޯވެސް ބޭނުން ކުރެވިދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން