ޗީޒް ޕާސްތާ އަކީ މީރު ކަމުގެ އިތުރުން ތައްޔާރު ކޮއްލަންވެސް ވަރަށް ފަސޭހަ ކެއުމެކެވެ. ބިޒީ ހަފްތާގެ ރޭތަކުގައި ނުވަތަ ރައްޓެހިން އެއްވެލައިގެން ކާލުމަށްވެސް ވަރަށް ކަމުދާ ކާނާއެވެ. އެގޮތުން ތިރީގައި މި ކިޔާލަދެއްވަނީ، ފަސޭހަ ކަމާއިއެކު، މީރު ޗީޒް ޕާސްތާއެއް ތައްޔާރު ކޮއްލާނެ ގޮތުގެ ރެސިޕީއެވެ. 

 

ބޭނުންވާނެ ތަކެތި:

ޕާސްތާ (225ގ)

2 މޭޒުމަތީ ސަމުސާ ބަޓަރު

2 މޭޒުމަތީ ސަމުސާ ފުށް

2 ތަށި (480 އެމްއެލް) ކިރު

1 ތަށި (100ގ) ޝްރެޑްޑް ޗެޑާ ޗީޒް

1/2 ތަށި (50ގ) ގްރޭޓް ކޮށްފައިވާ ޕާމިސަން ޗީޒް

1/2 ސައިސަމުސާ ލޮނުމެދު

1/4 ސައިސަމުސާ އަސޭމިރުސް


ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވައެއްގައި މެދު ހޫނުމިނެއްގައި ބަޓަރު ދިޔާކޮއްލާށެވެ. ބަޓަރު ދިޔާވުމުން ފުށްއަޅައިފާ 1 މިނެޓް ވަންދެން މެދުނުކެނޑި ކައްކާށެވެ. އެއަށްފަހު މަޑުމަޑުން ކިރު އަޅާފައި، މެދުނުކެނޑި ހަލުވަމުން ގެން ދާށެވެ. ގާތްގަނޑަކަށް 5-7 މިނެޓް ވަންދެން، ސޯސްގަނޑު އޮލަވަންދެން ކައްކާށެވެ. ދެން ތަވާ އުނދުނުން ބޭލުމަށްފަހު ޝްރެޑްޑް ޗެޑާ ޗީޒް އާއި ގްރޭޓް ކޮއްފައިހުރި ޕާމިސަން ޗީޒް އެއްކޮށް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް ރަހަ ހެޔޮވަރު ވާވަރަށް އަޅާލާށެވެ. ކައްކާފައި ހުރި ޕާސްތާ ސޯސް ގަނޑު ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. މިހިސާބުން މިއޮތީ ޗީޒް ޕާސްތާ ތައްޔާރުކޮށް ނިމިފައެވެ. ޗީޒް ޕާސްތާ ހޫނުކޮށް ހުއްޓާ ކާންވާނެއެވެ.

ތަރުކާރީއަށް ލޯބި ކުރާ ފަރާތްތަކުންނަށް ޕާސްތާ އާއި އެކު އެއްކުރުމުގެ ކުރިން ޗީޒް ސޯސް އަށް ކެރެޓް، ކެބެޖް، ޕީސް ނުވަތަ މަޝްރޫމް ފަދަ ކައްކާފައި ހުންނަ ތަރުކާރީ އަޅައިގެން މި ރެސިޕީއަށް ބަދަލު ގެނެވިދާނެއެވެ. އަދި އެބޭފުޅަކަށް ކަމުދާ ގޮތަށް މޮޒްރެއްލާ ފަދަ ތަފާތު ޗީޒް ކޮމްބިނޭޝަންތައް ވެސް ބޭނުން ކުރެވިދާނެ އެވެ.