ފްރެންޗް ޓޯސްޓް


ބޭނުންވާ ތަކެތި:

4 ޕާން ފޮތި

2  ބިސް

1/2 ތަށި ކިރު

1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް

1/2 ސައިސަމުސާ ގިރާފައިވާ ސިނަމަން (އިޚްތިޔާރީ)

ފިހެލުމަށް ބަޓަރު ނުވަތަ ތެޔޮ

މެޕަލް ސިރަޕް ނުވަތަ ޕައުޑަރޑް ޝުގަރ (އިޚްތިޔާރީ)


ތައްޓަކަށް ބިސް، ކިރު އަދި ވެނީލާ އެކްސްޓްރެކްޓް އެއްކޮށް އަޅާފައި އެއްކޮށްލާށެވެ. މި މިކްސްޗަރ އަށް ޕާން ފޮތީގެ ދެފުއްލައި ރަނގަޅަށް ދެފަރާތުގައި ވެސް އުނގުޅާލާށެވެ. އެއަށްފަހު ތަވައެއް މެދު ހޫނުމިނެއްގައި ހޫނުކޮށްލުމަށްފަހު ކުޑަ މިންވަރަކަށް ބަޓަރު ނުވަތަ ތެޔޮކޮޅެއް އަޅާށެވެ. ޕާންފޮތިތަށް އަޅާފައި ކޮންމެ ފަރާތެއް 2-3 މިނެޓް ވަންދެން، ނުވަތަ ގޯލްޑަން-ބްރައުން ކުލައެއް އަންނަންދެން ބަހައްޓާށެވެ. އެހިސާބުން ބޭނުންނަމަ މެޕަލް ސިރަޕް ނުވަތަ ޕައުޑަރ ހަކުރު އުނގުޅާފައި ހޫނުކޮށް ކާށެވެ.

 

އެވޮކާޑޯ ޓޯސްޓް


ބޭނުންވާ ތަކެތި:

2 ޕާން ފޮތި (ޓޯސްޓްކޮށްފައި)

1 އެވޮކާޑޯ

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ލޮނުމެދު އަދި މިރުސް ކޮޅެއް

އިޚްތިޔާރީ ޓޮޕިންގްސް: ޗެރީ ޓޮމާޓޯ، ރެޑިޝް، ރެޑް ޕެޕަރ ފްލޭކްސް އަދި އެގްސް.


ފުރަތަމަ ޕާން ފޮތިތައް ގޯލްޑަން-ބްރައުން ކުލައެއް އަންނަންދެން ޓޯސްޓް ކޮށްލާށެވެ. ދެން އެވޮކާޑޯ ދެބައިކޮށްލުމަށްފަހު، އޮށް ނަގައި، މޭވާ ބައި ތައްޓަކަށް ލާށެވެ. ލުނބޯ ހުތާއި ލޮނުމެދު އަދި މިރުސް އަޅާފައި، އުލެއް ބޭނުން ކޮއްގެން ބޭނުންވާ ކޮންސިސްޓެންސީއަކަށް މެޝް ކުރާށެވެ. މޭޝް ކުރި ބައި ޓޯސްޓްކޮއްފައިވާ ފާން ފޮތި މައްޗަށް އަޅާށެވެ. އެންމެ ފަހުން ކަމުދާ އިޚްތިޔާރީ ޓޮޕިންގްސް އެއް އެޑް ކޮއްލުމުން އެއޮތީ ނިމިފައެވެ. 

 

ސިނަމޮން ޝުގާރ ޓޯސްޓް


ބޭނުންވާ ތަކެތި:

4 ޕާން ފޮތި

2 މޭޒުމަތީ ސަމުސާ ބަޓަރު

2 މޭޒުމަތީ ސަމުސާ ގްރެނިއުލެޓެޑް ހަކުރު

1 ސައިސަމުސާ ގިރާފައިވާ ސިނަމޮން


ފުރަތަމަ ކުޑަ ތަށްޓެއްގައި ހަކުރު އަދި މުގުރާފައިވާ ސިނަމޮން އެއްކޮށް އެއްކޮށްލާށެވެ. ދެން ކޮންމެ ޕާން ފޮއްޗެއްގެ އެއްފަރާތުގައި އެއްވަރަށް ބަޓަރު ހާކާލާށެވެ. ދެން މި ބަޓަރު ހާކާފައިވާ ފަޅިއަށް ސިނަމޮން ސުގާރ ބައި އަޅާށެވެ. ޕާން ފޮތިތައް ޓޯސްޓަރ އެއްގައި ނުވަތަ ބްރޮއިލަރެއްގެ ދަށުގައި ސިނަމޮން ހަކުރު ކެރެމަލައިޒް ވާންދެން ގާތްގަނޑަކަށް 2-3 މިނެޓް ވަންދެން ބަހައްޓާށެވެ.