ބޭނުންވާނެ ތަކެތި:

500 ގުރާމް ގެރިމަސް (ކުދިކޮށް، ދިގުކޮށް ކޮށާފައި)

4 ސައިސަމުސާ ސޯޔާ ސޯސް

2 ސައިސަމުސާ އޮއިސްޓާ ސޯސް

3 ސައިސަމުސާ ކޯންފްލާރ

1 ބިސް

6 ލޮނުމިދު (ކޮށާފައި)

1 ސައިސަމުސާ އިގުރު (ގާނާފައި)

1 ފިޔާ

1 ބޮޑު ރަތް މިރުސް (ކޮށާފައި)

1/2 ގިތެޔޮމިރުސް (ކޮށާފައި)

1 ސައިސަމުސާ ސުވީޓް ޗިލީ ސޯސް

1 ސައިސަމުސާ އެފަލް ސިޑަރ ވިނެގާރ

1 ސައިސަމުސާ ޓޮމާޓޯ ސޯސް

1/2 ސައިސަމުސާ މާމުއި

2 ސައިސަމުސާ މުގުރި އަސޭމިރުސް

ލޮނު

އޮލިވް އޮއިލް

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބީފް މެރިނޭޓް ކުރުމަށް ބޯތަށްޓަކަށް ސޯޔާ ސޯސް، ބިސް، ކޯންފްލާރ، އަސޭމިރުހާއި އޮއިސްޓާ ސޯސް އަޅާ އެއްކޮށްލާށެވެ. އަތުން ރަނގަޅަށް އެއްކޮށްލުމަށްފަހު ކޮށާފައި ހުރި ބީފްކޮޅު އަޅާ ސޯސްގަނޑު ހޭކޭނެހެން އެއްކޮށްލާށެވެ. އެއްވުމުން ތަށީގައި މައްޗެއް ޖަހާ 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު ތަވާއަކަށް ތެޔޮ އަޅާފައި ބީފްތައް އޭގައި އެތުރުމަށްފަހު ގިނި މަޑުކޮށްލާ ފައި ގަދަ މުށިކުލަ އަރާ ވަރަށް ފިހެލާށެވެ. އެހެން ތަވައެއްގައި ތެޔޮ އެޅުމަށްފަހު އޭގެ ތެރެއަށް ފިޔާ، ބޮޑު މިރުހާއި، ގިތެޔޮމިރުހާއި އިނގުރާއި ލޮނުމެދާއި އަޅާ ތެޔޮކޮޅުގައި ހަނާކޮށްލާށެވެ. އޭގެތެރެއަށް، އަސޭމިރުހާއި މާމުއި، ވިނެގާރ އަދި ހުރިހާ ސޯސްތަކެއް ވެސް އެއްކޮށްލުމަށްފަހު ބީފްކޮޅު އެޅުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ.

 

* ބީފް ނުވަތަ ގެރި މަހަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބާވަތެކެވެ. މި ރެސިޕީ އަކީ ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ވަރަށް ކަމުދާނެ ކެއުމެކެވެ.