ބޭނުންވާނެ ތަކެތި:

1/2 ޖޯޑު ޗެރީ ޓޮމާޓޯ (ކޮށާފައި)

2 ސައިސަމުސާ އޮލިވް އޮއިލް

1 ސައިސަމުސާ އަސޭމިރުސް

2 ޖޯޑު ޕެނޭ ޕާސްތާ (ފެނު ކައްކާފައި)

1/2 1 އެވަކާޑޯ 

1 ލިބޯ ހުތް

1/2 ޖޯޑު ބޭސިލް ފަތް

5 ލޮނުމެދު 

1/2 ޖޯޑު ބޯވެލިފަތް

ޕާސްތާ ކެއްކިއިރު ނެގި ފެން ފޮދެއް

ލޮނު

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕޭސްޓު ތައްޔާރުކޮށްލުމަށް މިކްސަރުގައި ބޭސިލް، ފެން، ލޮނުމެދު، އަސޭމިރުސް، އެވަކާޑޯ، އޮލިވް އޮއިލް، ލިނބޯހުތް އަދި ބޯވެލިފަތް އަޅައިގެން ހިމުން ކޮށްލާނީއެވެ. ދެން ތަވައެއްގައި ފެނު ކައްކާފައި ހުރި ޕާސްތާ، އާއި އެވަކާޑޯ ޕޭސްޓު އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ކޮށާފައި ހުރި ޗެރީ ޓޮމާޓޯ އެއްކޮށްލީމަ މި ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ.

 

* މިއީ ބުރަކޮށް އުޅޭ ދުވަސްތަކުގައި ތައްޔާރުކޮށްލަން ފަސޭހަ އަދި ސިއްހަތަށް ފައިދާހުރި ގޮތަކަށް ތައްޔާރުކޮށްލެވޭނެ ޕާސްތާއެކެވެ.