ބޭނުންވާނެ ތަކެތި:

300 ގުރާމް މޮޒްރެއްލާ ޗީޒް (ގާނާފައި)

1 ބިސް

3 ސައިސަމުސާ ކޯންފްލާރ

1 ސައިސަމުސާ މުގުރިއަސޭމިރުސް

ތެޔޮ

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޯތަށްޓެއްގައި ޗީޒް، ބިސް، ކޯންފްލާރ އަދި އަސޭމިރުސް އެއްކޮށްލާށެވެ. ދެން ރަނގަޅަށް އެއްވުމުން އޭގެއިން ކުދި ގުޅަ ހަދާށެވެ. އެއަށްފަހު ތާހެއްގައި ތެޔޮ އެޅުމަށްފަހު މަޑު ރަންކުލައެއް އަރަންދެން ގުޅަތައް ތެލުލާށެވެ. ބޭނުންނަމަ އަވަނުގައި ފިހެވެސް ލެވިދާނެއެވެ.

 

* ޗީޒް ބޯލްސްއަކީ ކުޑަކުދިންނަށް ވަރަށް ކަމުދާ ހެދިކާއެކެވެ.