ބޭނުންވާނެ ތަކެތި:

2 ލިންޑޯރ ޑާރކް ޗޮކްލެޓް ޓްރަފަލް

1/4 ޖޯޑު އެކްސްޕްރެސޯ ކޮފީ (ގިރާފައި)

1 ޖޯޑު  އައިސްކިއުބް

1/2 ޖޯޑު ކިރު 

 

ތައްޔާރުކުރާނެ ގޮތް:

ބޮޑު ބިތްލޫރިތަށްޓަކަށް 2 ޗޮކްލެޓް ޓްރަފަލް އަދި ކޮފީ އެޅުމަށްފަހު ސަމުސަލަކުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އެއަށް އައިސްކިއުބް އެއްކޮށްލުމަށްފަހު އައިސްކިއުބްތަކުގެ މައްޗަށް ކިރު ޖޯޑު މަޑު މަޑުން އަޅާލާށެވެ.

 

*އައިސް ކޮފީ ކަމުދާ މީހުންނަށް މި ކޮފީ އަކީ ވަރަށް ކަމުދާނެ ކޮފީއެކެވެ.