ބޭނުންވާނެ ތަކެތި:

3 ދަނޑި އަލުވި (ދިގު ކޮށް ކޮށާފައި)

2 ސައިސަމުސާ ކޯންފްލާރ

3 ސައިސަމުސާ އޮލިވް އޮއިލް

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ އިޓާލިއަން ހާބްސް

ލޮނު

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޯތަށްޓެއްގައި ކޮށާފައި ހުރި ދަނޑި އަލުވި އާއި، ކޯންފްލާރ، އޮލިވް އޮއިލް، އަސޭމިރުސް، ހާރބްސް އަދި ލޮނު އަޅައިގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ދަނޑި އަލުވިތައް އަތުރާލުމަށްފަހު އަވަނުގައި 180 ޑިގްރީގައި 30 މިނެޓް ވަންދެން ފިހެލާށެވެ.

 

* ދަނޑި އަލުއްވަކީ ގިނަ ދިވެހިންނަށް ވަރަށް ކަމުދާ އަދި ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި ފަލަމަޑީގެ ބާވަތެކެވެ.