ހަަންގަނޑުގައިވާ ތެޔޮ ނުކުންނަ ގްލޭންޑުތަކަކީ ވަކިވަކިކޮށް ހަންގަނޑުގެ ޑާމިސް އޭ ކިޔުނު ފަށަލައިގައި ހުންނަ ވަޅުކޮޅުތަކެއް ކަހަލަ ގްލޭންޑުތަކެކެވެ. މި ގްލޭންޑުތަކުގެ މައިގަނޑު މަސައްކަތަކީ ހަންގަޑުގައި ލޮނދިކަމެއް އުފެއްދުމާއި ހަންގަނޑު ރައްކާތެރިކޮށްދިނުމެވެ. މި ގްލޭންޑުތައް އިސްތަށިތަކުގެ ބުޑާއި ގުޅިފައި ވެއެވެ. އަދި "ސީބަމް" ނަމަކަށް ކިޔާ ތެލުގެ ތާސީރެއް އުފައްދައެވެ. މި ތެލަކީ މިއީއެވެ. މިއީ ފެނަށްވުރެ އޮލަކޮށް ހުންނަ އެއްޗެކެވެ. މިއަށް ތެލޭ ކިޔަނީ މީގައިވާ ތެލުގެ ތާސީރުންނެވެ. މީގައިވާ ތެލުގެ ތާސީރުގެ އަސްލަކީ "ލިޕިޑް" ގެ މާއްދާއެކެވެ.
ތެޔޮ ނުކުންނަ ގްލޭންޑުތަކުން ނުކުންނަ މި ތެލުގެ މަސައްކަތަކީ މާހައުލާއި ހަންގަނޑާ ދެމެދުގައި ހިމާޔަތުގެ "ލޮނދި" ފަށަލައެއް އުފެއްދުމެވެ. އަދި ހަންގަނޑު ހިކުނަ ނުދީ ތެތްކަންމަތީ ބަހައްޓައިދީ ހަންގަނޑު ހަރުވިޔަ ނުދީ މަޑުކަންމަތީ ބަހައްޓައިދިނުމަކީވެސް "ސީބަމް" އޭ މިކިޔާ ތެލުގެ ތާސީރުގެ މަސައްކަތެކެވެ. މީގެ އިތުރުން މާހައުލުގައި އުޅޭ ބައެއްކަހަލަ ޖަރާސީމުތަކާއި ވައިރަސްތަކާއި އަދި ބައެއްކަހަލަ ފަންގަސްތަކާއި މައިކްރޯ ބައެއްކަހަލަ އޯގަނިޒަމްސްތަކުގެ ކިބައިން ހަންގަނޑު ރައްކާތެރިކޮށްދިނުމަކީވެސް މި ތެލުގެ މަސައްކަތެކެވެ.
ތެޔޮ ނުކުންނަ ގްލޭންޑުތަކަކީ މުޅި ހަންގަނޑުގައިވާ ގްލޭންޑުތަކެކެވެ. ދެ އަތްތިލަ އާއި ދެ ފައިތިލާގެ ހުދު ހަންގަނޑު ފިޔަވާ ދެން ހަންގަނޑުގެ ހަމަ ކޮންމެ ހިސާބެއްގައި ތެޔޮނުކުންނަ ގްލޭންޑްތައް ހުންނާނެއެވެ. ތެޔޮ ނުކުންނަ ގްލޭންޑުތަކުން، މިންގަނޑަށްވުރެ އިތުރަށް ތެޔޮ ނުކުންނަ ނަމަ، "އެކްނޭ ވަލްގަރިސް" ނަމަކަށް ކިޔާ ހާލަތެއް ކުރިމަތިވާނެއެވެ. މިއީ އެ ގްލޭނޑެއް ހަރުވެ ގޮނޑިލާ ފުއްޕާނެ ފަދަ ކަމެކެވެ. އަދި އެތެރޭގައި ގިނަވެފައި ހުންނަ ތެޔޮތައް ނުބައިވެ ދޮސްލާ ގޮތް މެދުވެރިވެއެވެ. އާއްމުކޮށް އިންސާނާގެ މޫނު މަތީގައި ނަގާ އޯށާޅަ އަދި ކުދި ބިހިތަކަކީ މިފަދަ ތަކެއްޗެވެ. މޫނުގައި ނަގާ ބިއްސެއް، އަޑިއަށް ގޮނޑިލާ ދޮސްލާފައި އެ ހުންނަނީ ތެޔޮ ނުކުންނަ ގްލޭންޑެއްގައެވެ. އަދި އެ ދޮސްތައް ބޭރުކޮށްލުމުން އެ ގްލޭންޑެއް ރަނގަޅުވެދެއެވެ. ބައެއް ހާލަތްތަކުގައި ދޮސްތައް ބޭރު ނުކުރި ނަމަވެސް، އޭގެ އަމިއްލަ ޒާތުގައި ރަނގަޅުވެގެން ހިނގައިދެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން