ކޮލޯން އިންފެކްޝަނަކީ ކާއެއްޗެހި ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލައެކެވެ. އެގޮތުން ކޮލޯން (ނުވަތަ ލާޖް އިންޓެސްޓައިން) ގައި ބެކްޓީރިއާ އުފެދުމުގެ ސަބަބުން އިންފެކްޓުވެ، ކޮލޯން ކެންސަރަށް މަގުފަހިކުރުވައެވެ.

މިފަހަރު މި ބަލައިލަނީ ކޮލޯން އިންފެކްޝަނުން ދުރުވުމަށް ކެއުމުގައި ހިމަނަންޖެހޭ 5 ބާވަތަކަށެވެ.

1. ފަޅޯ

ފަޅޮލަކީ ބަނޑުގެ އެކިއެކި މައްސަލަތަކަށް އެއްވަނައިގެ މޭވާއެކެވެ. އެގޮތުން ބަނޑުހަރުވުމާއި، ކާނާ ހަޖަމުކުރުމަށް އުނދަގޫވާ މީހުން ފަޅޯ ކެއުމަށް ތަޖުރިބާކާރުން އިރުޝާދުދެއެވެ. އޭގެ އިތުރުން ފަޅޮލުގައި ހިމެނޭ އެންޒައިމްސް ގެ ސަބަބުން ކޮލޯން ސާފުކޮށްދެއެވެ.

2. އަނބު

އަނބަކީ ހަށިގަނޑަށް ބޭނުންވާ އޮޕްޓިމަމް ފައިބާ ފޯރުކޮށްދޭ މޭވާއެކެވެ. އަދި އޭގައި އެކުލެވޭ ފައިބާގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް އަވަސްކޮށްދީ، ކޮލޯން ވެސް ސާފުކޮށްދެއެވެ. 

3. އާފަލު

ކޮންމެ ދުވަހަކު އާފަލެއް ކާނަމަ ޑޮކްޓަރަށް ދާން ނުޖެހޭ ވާހަކައަކީ އިނގިރޭސިބަހުގައި އޮންނަ ހަރުބަހެކެވެ. ކޮންމެއަކަސް މިއީ ޙަޤީޤީ ވާހަކައެއް ކަން ސާބިތު ކޮށްދޭ ވަރަށް ގިނަ ފައިދާތައް އާފަލުގައި ހިމެނެއެވެ. އެގޮތުން އާފަލަކީ ކެންސަރާ ދުރުކޮށްދޭ މޭވާއެކެވެ. އަދި ފައިބާ ވެސް ވަރަށް ގިނަ އަދަދަކަށް އެކުލެވިފައިވާ މޭވައެއް މެއެވެ. މީގެ އިތުރުންވެސް އާފަލަކީ ކޮލޯން ޑީޓޮކްސިފައިކޮށް، ސާފުކޮށްދިނުމުގައި ހަރަކާތްތެރިވެދޭ ބާވަތަކެވެ.

4. ކަރަންފޫ

ކަރަންފުލަކީ އެންޓިއޮކްސިޑެންޓެއްގެ އިތުރުން ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާތައް ނައްތާލައި، ކެންސަރުން ދުރުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. އެއާއެކު ކެއުމުގައި އާދަވެގެން ކަރަންފޫ ބޭނުން ކުރާ ނަމަ ކޮލޯންގައި އުފެދޭ ޓޮކްސިންސް ނައްތާލައި، ގޭސްޓްރިކް މައްސަލަތަކުން ވެސް ދުރުކޮށްދެއެވެ.

5. ބަރަބޯ އޮށް

ބަރަބޯ އޮށަކީ ކޮލޯން ސާފުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެއްކަން އެނގެނީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު ހިމެނޭތީއެވެ.