މިއީ  ސްލީޕިންގ ކްލިނިކުގައި އަޑުއިވޭ އެންމެ އާންމު އެއް މައްސަލަކަމަށާއި، ހާއްސަކޮށް އިންސޮމްނިއާ ފަދަ ނިދި ނުލިބުމާ ކުރިމަތިލާ މީހުންގެ ތެރޭގައި،އާންމުކަމެއް ކަމަށް ކޮލަމްބަސްގެ ދަ އޮހައިއޯ ސްޓޭޓް ޔުނިވާސިޓީ ވެކްސްނާ މެޑިކަލް ސެންޓަރުގެ ސްލީޕް މެޑިސިންގެ ޕްރޮފެސަރު ލޯރެންސް ޗާން، ޑީއޯ ވަނީ ހާމަކޮށްފައެވެ.

މިމައްސަލައަކީ ހަމައެކަނި އުނދަގޫ ކަމަކަށްވުމުގެ އިތުރުން  ބޮޑު މައްސަލައެކެވެ. ނިދާއިރު ތަފާތު ޚިޔާލުތައް — އެއީ ހާސްވުމާއި ނުވަތަ ކަންބޮޑުވުން ގެނުވާ ޚިޔާލުތަކެއް ނޫން ނަމަވެސް — ނިދި ނުލިބުން ހުންނަ މީހުންނަށް ނިދުމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެއް ދިރާސާއަކުން ދައްކަ އެވެ. މިއީ ނެގެޓިވް ކޮންޓެންޓަށް ފޯކަސް ކުރާ އޮބްސެސިވް، ރިޕީޓިޓިވް ތިންކިންގ ގެ ގޮތުގައި މާނަކުރެވޭ ރޫމިނޭޝަން އާއި ތަފާތު ކަމެއްކަން ދިރާސާވެރިން ފާހަގަކުރިއެވެ.ގިނަ ބަޔަކަށް ނިދުމުގެ ކުރިން ކަންކަމާ މެދު ވިސްނުން ހުއްޓާނުލެވޭ ސަބަބުތަކެއް އޮވެއެވެ.އެނދަށް ނިދަން އެރުމުން ލިބޭ  ހަމަހިމޭން ވަގުތެއް ދުވާޅު ނުލިބޭ، އަދި އެ ހުރިހާ މައުލޫމާތެއް، ތިބާގެ ކަންބޮޑުވުންތައް ހިމެނޭ ގޮތަށް، ސިކުނޑިއަށް އަންނަންފަށާ ކަމަށް އޭނާ ހާމަކުރިއެވެ.ހާސްކަމުގެ ޚިޔާލުތަކާއި މާބޮޑަށް ކަންކަމާ ވިސްނާ ފިކުރު ކުރުމަކީ ނިދިނަގާލާ ހޭލާހުންނަން ޖެހޭ ހާލަތަށް ގެންދާކަމެކެވެ.

ޑޮކްޓަރުން، ނިދުމުގެ ކުރިން ސްމާޓްފޯނާއި ލެޕްޓޮޕް އަދި ޓެބްލެޓް ބޭނުންކުރުން ހުއްޓާލަން އަހަރުތަކެއް ވަންދެން ބުނަމުން އަންނަނީ ރަނގަޅު ސަބަބަކާ ހުރެ އެވެ. އިލެކްޓްރޯނިކް ސްކްރީންތަކުން އަންނަ އަލިން މެލަޓޮނިން އުފެއްދުން ދަށްވެ، ނިދި ނަފްސާނީގޮތުން ހާސިލް ކުރަން އުނދަގޫވާ ކަމަކަށް ނޫނީ ސްމާޓް ޑިވައިސްތަކުން ސްޓްރެސް ބޮޑު ޚަބަރުތައް ކިޔަމުންދާނަމަ ހާސްކަމާއި ކަންބޮޑުވުން އިތުރުކޮށްދެ އެވެ. މި އާދަގެ ސަބަބުން އުނދަގޫ ނުވަތަ ހިތްހަމަ ނުޖެހޭ ޚަބަރުތަކާ މެދު "ރޫމިނޭޓް" ކުރުން ނުވަތަ މާބޮޑަަށް ވިސްނުމުގެ ދައުރު  ގޯސްވެގެން ދާ ކަމަށް ޑރ.ޗާން ވިދާޅުވެއެވެ.މިފަދަ ޑިވައިސްތަކުގައި ވާ އެޕްތަކާއި ވެބްސައިޓްތަކާއި ޚަބަރުތަކުން ތިމާއާއި ސިކުނޑި ޝާމިލުކޮށް ބަހައްޓައެވެ. އިންޓަނެޓް ފަރުމާކޮށްފައި ވަނީ ސްކްރީންތަކުގައި ލޯތައްގިނަ ވަގުތު  ހޭދަކުރާ ގޮތަށް ސަމާލުކަން ހޯދުމަށް ކަމަށާއި އެއީ ނިދުމަށް ގެއްލުން ލިބިދޭ ކަމެއްކަމަށް  ޗާން ވަނީ ބުނެފައެވެ.ޝަޓް-އައި ނުވަތަ ލޯމެރޭވަގުތު ރައްކާތެރި ކުރުމަށްޓަކައި އެންމެރަނގަޅީ ނިދުމުގެ އެއްގަޑިއިރާއި ދެގަޑިއިރު ކުރިން ޑިވައިސްތައް ނިއްވާލުން، އެންމެ ރަނގަޅީ، ނުވަތަ އެކަން  ނުކުރެވޭނަމަ މަދުވެގެން 30 މިނެޓް މިކަންކުރުމެވެ.


ރައްޓެހިންނާ ބައްދަލުކުރުމަށް ނުވަތަ ސެލޫންއަށްދާން  ވަގުތު ޝެޑިއުލް ކުރާ ފަދައިން ކަންބޮޑުވުންތަކުގައި ވެސް ހަމަ އެގޮތަށް ކަންތައް ކުރާށެވެ. އެ ކަންބޮޑުވުންތައް ލިޔެލުމަށްޓަކައި ދުވާލަކު 15 އާއި 30 މިނެޓާ ދެމެދުގެ ވަގުތެއް، ނިދުމުގެ މަދުވެގެން އެއްގަޑިއިރާއި ދެގަޑިއިރު ކުރިން ޝެޑިއުލް ކުރާށެވެ. މީގެ އިތުރުން މައްސަލައާ ކުރިމަތިލުމަށް އެހީތެރިވުމަށް ކުރެވިދާނެ މަދުވެގެން އެއް އެކްޝަން އައިޓަމް އުފައްދާށެވެ. ދުވަހުގެ ކުރީކޮޅު އެ ސްޓްރެސްތައް ކުރިމަތިވެދާނެ ކަންކަމާ މެދު ވިސްނުމަކީ ބޯ ބާލީހުގައި ޖެހުމުން އެކަންކަމާ މެދު ކަންބޮޑުވާ މިންވަރު ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޗާން ބުނެއެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ނިދުމަކީ ނޭވާލުން ފަދަކަމެކެވެ. ހަށިގަނޑުން އޭގެ ޒާތުގައިހަމައެކަނި އެކަން ކުރާނެ އެވެ. ތެދެއް ނޫނެވެ. މިޒަމާނުގެ ދިރިއުޅުމުން ދުވާލު ވަގުތު އެހާ ގިނަ ސްޓިމިއުލޭޝަން އުފެދިފައިވާތީ  ސިކުނޑިތައް އޮޕަރޭޓް ކުރަނީ އަވަސް ދުވެލީގައި ކަމަށާއި، އަރާމު ކުރަން ވަގުތު ނުދީފިނަމަ ނިދާއިރު އެ ސްޕީޑުގައި ކުރިއަށްދާނެ ކަމަށް ޑޭވިޑް ބްރޮޑްނަރ ހާމަކުރެއެވެ.

ނިދުމުގެ މަދުވެގެން 30 މިނެޓް ކުރިން ތައްޔާރީތައް ފެށުމަށްފަހު ޤުރުއާން ނުވަތަ ފޮތެއް  ކިޔެވުން ނުވަތަ ހަމަހިމޭނ ްމިއުޒިކެއް ފަދަ ރިލެކްސް ވާކަހަލަކަމެއް ކުރާށެވެ. އެކަން އެއްގޮތަކަށް ބެހެއްޓުމުން، އެ ރިލެކްސިންގ ވަގުތުކޮޅަށްފަހު ނިދި އުންމީދު ކުރުމަށް ހަށިގަނޑު ތަމްރީނުވާނެއެވެ.

މިހާރު ތިބާގެ ކަންބޮޑުވުންތައް އެއްފަރާތްކުރެވިފައިވާއިރު، ކުރިން އެ ނޭދެވޭ ފިކުރުތައް އުޅުނު ހުސްޖާގަ ހެޔޮ ޚިޔާލުތަކަށް ބަދަލުކޮށް، ޝުކުރުވެރިކަމުގެ ޖާނަލްއެއް ފަށަން ޖެހޭނެ ކަމަށް ބްރޭއުސް ލަފާދެއެވެ. އެ ހެޔޮ ފިކުރުތަކުގެ އަސަރު ބޮޑުވަނީ އެ ޚިޔާލުތައް ލިޔެ ނިމުމުންނެވެ. އެހެންކަމުން ކޮންމެ ރެއަކު މަދު މިނެޓެއްހާއިރު ހޭދަކޮށްގެން ޝުކުރުވެރިވާ ތިން ފަސް ކަމެއް ލިސްޓް ކުރަން މަސައްކަތް ކުރާށެވެ.

ފުންކޮށް ނޭވާލުމަކީ ސްޓްރެސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ ކަމެއްކަން އަޑުއަހާފައިވީ ނަމަވެސް އެއީ ނިދުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ނިދުމަށްޓަކައި ހިތުގެ ދުވެލި މަޑުކުރަން ޖެހޭ ކަމަށާއި ނޭވާލުމުގެ އުކުޅުތަކަކީ މި މަގުސަދު ހާސިލް ކުރުމަށް އެންމެ ފައިދާހުރި އެއް ގޮތެވެ.

ބްރެއުސް އެންމެ ގަޔާވާ އެއް ކަމަކީ 4-7-8 ނޭވާލުމެވެ: ހަތަރަކާއި ހަމައަށް ގުނާއިރު ފުންކޮށް ނޭވާލުމަށްފަހު، ހަތަކާހަމަ އަށް ނޭވާ ހިފަހައްޓައި، ދެން އަށަކަށް ނޭވާ ބޭރުކޮށްލާށެވެ.  މިގޮތަށް މަދުވެގެން ފަސް ވަރަކަށް ފަހަރު ހަދައިގެން ހިތުގެ ދުވެލި މަޑުޖައްސާލާށެވެ.

މީގެ އިތުރުން "މާއިންޑްފުލްނެސް "މެޑިޓޭޝަން ވެސްބޭނުން ކުރެވިދާނެ ކަމަށާއި އެއީ ނައްސި އަދި ހިތްއަވަސްކުރުވާ ޒާތުގެ ފިކުރުތައް ދޫކޮށްލާފައި ނިދާ ނުވަތަ އަލުން ނިދާލުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސްލީޕް ފައުންޑޭޝަނުން ބުނެ އެވެ. 

އެނދުގައި އޮށޯވެގެން އޮވެ، ފައިގެ އިނގިލިތަކުން ފެށިގެން ބޮލުގެ ފަހަތާއި ހަމައަށް، ހުރިހާ މަސްތަކެއް އެއްކޮށް ވާގިދޫކޮށް ރިލެކްސް ކޮށްލާށެވެ. 

ކޮންމެ ދުވަހަކު އެއްގަޑިއެއްގައި ނިދުމާއި ހޭލުމަކީ ރަނގަޅު ނިއްޖެއްގެ އެއް ތަނބެވެ.