ނިދުމުގެ ފެންވަރާއި ނިދުމުގެ މުއްދަތުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ކުރާ އަސަރަކީ ފުން އަދި ގިނަ ފައިދާތަކެއް އެކުލެވޭ އަސަރެކެވެ. ނިދުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެދޭނަމަ ވިސްނަންޖެހޭ މުހިންމު ބައެއް ކަންކަން ހުރެއެވެ. މި ލިޔުމުގައި މި ބަލާލަނީ ނިންޖާއި އިންސާނާގެ ސިއްހަތާއި އަދި މަސައްކަތުގެ ފެންވަރާ ހުރި ގުޅުން ތަކަށެވެ.

1. ޖިސްމާނީ ސިއްހަތު: އެކަށީގެންވާ ނިދި ލިބުމަކީ ހަށިގަނޑު "މަރާމާތުކޮށްދީ" ހީވާގިކޮށްދޭ ކަމަކަށް ވުމުން، ޖުމްލަކޮށް ޖިސްމާނީ ސިއްހަތަށް، ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދި މަދުވުން ނުވަތަ ނިދުމުގެ ފެންވަރު ދަށްވުމަކީ ފަލަވުމާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތަކާއި، ދިފާއީ ނިޒާމުގެ މަސައްކަތް ދަށްވުމާއި މިފަދަ ސިއްހީ އެކި މައްސަލަތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ދިގުމުއްދަތަކަށް ނިދި މަދުވުމަކީ ހޯމޯނުތަކުގެ ހަމަހަމަކަން ގެއްލި، އޭގެ ހަމަ ކަސިޔާރުވުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެކެވެ.

2. ނަފްސާނީ ސިއްހަތު: ނަފްސާނީ ސިއްހަތާއި ޖަޒުބާތީ ދުޅަހެޔޮކަމުގައި، ނިދުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެކަށީގެންވާ ނިދި ލިބުމަކީ ކޮގްނިޓިވް ފަންކްޝަން ނުވަތަ ހަރަކާތުގެ ހުނަރާއި، މިޒާޖުގެ ފައްސިކަމާއި، އަދި ޖަޒުބާތުތަކުގެ ކިޔަމަންތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދުމުގެ ފެންވަރު ދަށްވުން ނުވަތަ އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ޑިޕްރެޝަނާއި، ހާސްކަމާއި، އަދި ބައިޕޯލާ ޑިސްއޯޑަރ ފަދަ ނަފްސާނީ ސިއްހަތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމެކެވެ. ނިދި ނުލިބުން ނުވަތަ ސްލީޕް އެޕްނިއާ ފަދަ ނިދުމުގެ ބަލިތަކުގެ ސަބަބުން ނަފްސާނީ ސިއްހަތުގެ ހާލަތްތު އިތުރަށް ގޯސްވެ، ފަރުވާގެ ފައިދާއަށް ހުރަސްއެޅިދާނެ ކަމެއް ކަމަށްވެސް ނަފްސާނީ ޑަކްޓަރުން ފާހަގަ ކުރެއެވެ.

3. މަސައްކަތުގެ ފެންވަރު: ހުނަރާއި މަސައްކަތްތެރިކަމާއި، ހަނދާނުގެ ބާރުގަދަކަމާއި، އަދި އުނގެނުމުގެ ޤާބިލުކަމަށް ނިންޖަކީ އެއްމެ މޮޅު އެއް ފަރުވާއެވެ. ރަނގަޅު ނިދުމުގެ އާދަތަކަކީ ސަމާލުކަން އިތުރުކޮށްދީ، އަމިއްލައަށް މައްސަލަ ހައްލުކުރުމުގެ ހުނަރު އިތުރުކޮށްދޭ ކަމެކެވެ. މިއާ ހިލާފަށް ނިދި މަދުވުމަކީ ހަރަކާތުގެ ހުނަރުތަކާއި، ވިސްނުމުން ނިންމާ ނިންމުންތައް ނިންމުމުގެ ޤާބިލުކަމާއި، ކަންކަމަށް ރައްދުދޭ ވަގުތަށް ގެއްލުން ލިބި، އުފެއްދުންތެރިކަން ދަށްވެ، "އެކްސިޑެންޓް" އާއި "މިސްޓޭކް" ގިނަވެ، ގޯސްތަކުގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ.

ގަވާއިދުން ނިދުމުގެ އާދައެއް ގެންގުޅި، ނިދާއިރު އަރާމު، ހިތްހަމަޖެހޭ ތަރުތީބެއް އުފެއްދުމަކީ ނިދުމުގެ ފެންވަރާއި މުއްދަތު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަނދިރި، ހަމަހިމޭން، އަދި އަރާމު ނިދާ ކޮޓަރިއެއް ފަދަ ނިދުމަށް ފަހި މާހައުލެއް އުފެއްދުމަކީ އަރާމު ނިދި ހޯދުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ޚާއްޞަކޮށް ނިދުމުގެ ކުރިން ގަޑިތަކުގައި ކެފެއިން ބޭނުންކުރުން މަދުކުރުމަކީ ނިދުމަށް އުނދަގޫވުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މެޑިޓޭޝަން އަދި ޑީޕް ބްރީތިންގ ކަސްރަތު ފަދަ "ރިލެކްޝަން ޓެކްނިކްސް" ތަކަކީ ހާސްކަން ކުޑަކޮށް ނިދުމުގެ ކުރިން ހިތްހަމަޖެހުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ނިދި ނުލިބުން ނުވަތަ ސްލީޕް އެޕްނިއާ ފަދަ ނިދުމުގެ އުދަނގޫތަކަށް ހާއްސަ އެހީތެރިކަމެއް ނުވަތަ ހޯދުމަކީ ނިދުމުގެ އުދަގޫތައް ހައްލުކުރުމަށާއި ޖުމްލަ ސިއްހަތު ރަނގަޅުކުރުމަށް މުހިންމު ކަމެކެވެ.

ޖުމްލަކޮށް ބަލާއިރު، އެކަށީގެންވާ ނިދުމަކަށް އިސްކަންދިނުމާއި ދުޅަހެޔޮ ނިދުމުގެ އާދަތައް ގެންގުޅުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ހަރަކާތްތަކާއި މަސައްކަތުގެ ހުނަރު އިތުރުކޮށްދިނުމާއި، ޖުމްލަ ސިއްހަތާއި، ދިގު އުމުރެއް އެދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.