ސްރީލަންކާގެ ރަތުނަޕޫރާ ޑިސްޓްރުކްގައި ދިރިއުޅޭ ރަޝްމީ ނިމޭޝާ ގުނަވަރުދަނާ އަކީ ތަޢުލީމީ ހަޔާތުގައި ތަފާތު ދަރިވަރެކެވެ. ޖީ.ސީ.އެސް.އީ އެޑްވާންސް ލެވެލް އިމްތިޙާން 2021 (2022) އިން ރަތުނަޕޫރާ ޑިސްޓްރިކްޓްގެ 156 ވަނަ އޭނާ ވަނީ ހޯދާފައެވެ. އޭ ލެވެލް އިމްތިހާނުގެ ތިން މާއްދާއިން އޭ ފާސް ހޯދާފައި ވާއިރު، ހުރިހާ މާއްދާއަކުންވެސް ވަނީ ފާސްވެފައެވެ. އޭނާގެ ނަތީޖާގައި ފާހަގަކޮށްލެވޭ ތަފާތުކަމެއް ވަނީ އޭނާގެ ކިބައިގައި ހުރި އަޖައިބު ކުރަނިވި ކުޅަދާނަ ކަމަކުންނެވެ. އެހެނީ ރަޝްމީ އަކީ ދެ އަތާއި އެއް ފައި ނެތް ދަރިވަރެކެވެ.
ރަޝްމީ ވަނީ ކޮމާސް ސްޓްރީމް އިން އޭ ލެވެލް އިމްތިހާނަށް އިށީނދެ، އޭނާގެ ފައިން އިމްތިހާނު ލިޔެފައެވެ. ރަޝްމީ ތަފާތު ވަނީ މި ސަބަބާއި ހުރެ އެވެ. ދެ އަތާއި އެއް ފައި ނެތުމުން ރަޝްމީ ލިޔެ ހަދަނީ އޭނާގެ އެއް ފައި ބޭނުން ކޮށްގެންނެވެ.
ޑެއިލީ ނޫހުގައި ރަޝްމީ އާއި ހަވާލާދީ ލިޔެފައި ވެއެވެ. "އަތާއި ފައި ގެއްލުމާމެދު އަހަރެން ކަންބޮޑު ނުވަމެވެ. އަހަރެންގެ މައިންބަފައިންނާއި މުދައްރިސުންނާއި ރައްޓެހިން ދުވަހަކުވެސް އަހަންނަށް އިހުސާސެއް ނުކޮށްދެ އަހަރެންނަކީ ތަފާތު ނުކުޅެދޭ މީހެއް ކަމެވެ. އަހަރެންގެ ނަތީޖާއާ މެދު އަހަރެން ވަރަށް އުފާވެއްޖެ. އަހަންނަށް ފެންނަ ފެނުމުގައި އެއީ މޮޅު ކާމިޔާބީއެއް. އަހަރެންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި އަހަންނަށް ތާއީދުކުރި މީހުން ކުރިއަށް އޮތްތަނުގައި އުފާކޮށްދިނުމަށް އަހަރެން އަދިވެސް ބުރަ މަސައްކަތްތަކެއް ކުރާނަން."
އައިސީޓީގެ ދާއިރާއިން ވެސް ރަން މެޑަލްތަކާއި މިއުޒިކު ދާއިރާއިންވެސް އިތުރު ބައެއް އެވޯޑްތައް ވެސް ރަޝްމީ ހޯދާފައި ވެއެވެ. ރަޝްމީގެ އުންމީދަކީ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ދާއިރާއާ ގުޅިގެން އެ ދާއިރާއިން ކުރިއަށް ދިއުމެވެ.
ރަޝްމީގެ ބައްޕައަކީ އެގްރިކަލްޗަރ އިންސްޓްރަކްޓަރެކެވެ. އޭނާގެ މަންމައަކީ އެހެލިޔާގޯޑާ ނޭޝަނަލް ސްކޫލްގެ ޓީޗަރެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން