ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި ފާމިކްސް ލެބޯރީޒް ޕްރައިވެޓް ލިނިޓެޑް ، ލާހޯރް  Pharmix Laboratories (Pvt.) Ltd., Lahore އިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ފެނިފައިވާތީ މިކުންފުނީގެ އުފެއްދުންތައް ވަގުތީ ގޮތުން ބޭން ކުރުމަށް  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ނިންމައިފިއެވެ.

 ދުނިޔޭގެ އެކި ގައުމުތަކުންވެސް މިކުންފުނީގެ ތަފާތު ބޭސް ތަކުން މި މާއްދާތައް ފެނިފައިވާކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

އެހެންކަމުން އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް ފުދް އެންޑް ޑްރަގް އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި ވަނީ އިއުލާން ކޮށްފައެވެ. ބޭނުން ކޮށްފައިވާ ބޭސްތަކުގެ ލިސްޓު ވަނީ ގެޒެތްގައި އިއުލާން ކޮށްފައެވެ. މިބޭސްތަކުގެ ތެރޭގައި ރާއްޖޭގައި ހޮޑާއި ރޯގާއަށް ގިނައިން ބޭނުންކުރާ ބޭސްވެސް ހިމެނެއެވެ.

ލާހޯރުގެ ފާމިކްސް ލެބޯޓްރީސް (ޕްރައިވެޓް) ލިމިޓެޑުން ދަނީ ބައެއް ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ އިތުރުން ލޯކަލް މާކެޓުގައި މުކޯރިޑް ސިރަޕް، އަލްކޯފިން ސަސްޕެންޝަން، އެލަރގޯ ސިރަޕް، އެމިޑޯން ސަސްޕެންޝަން އަދި ޒިންސެލް ސިރަޕް ވިއްކަމުންނެވެ.

2022 އާއި 2023 އާ ދެމެދު ކުޑަކުދިންނަށް ހާއްސަކޮށްގެން އޯރަލް ލިކުއިޑް ބޭސްތަކުގެ ހާދިސާތައް ރިޕޯޓްކޮށްފައިވާއިރު، ޑީއީޖީ އާއި އީޖީގެ މިންވަރު މަތިވެފައިވާ ކަމަށް ބައެއް ގައުމުތަކުން ރިޕޯޓްކޮށްފައިވެ އެވެ. މި ހާދިސާތަކުގެ ސަބަބުން މަދު ޤައުމުތަކެއްގައި މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.